މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ އަތޮޅު ތުލުސްދޫ ކައުންސިލުގެ އުޅަނދު ފަހަރަށް ބޭނުންވާ ފިޔުލް (ޑީސަލް އަދި ފެޓްރޯލް) 2 އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިކައުންސިލުން ކ މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލުގެ އުޅަނދު ފަހަރަށް ބޭނުންވާ ފިޔުލް (ޑީސަލް އަދި ފެޓްރޯލް) 2 އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 28 މެއި 2023 ވަނަ ދުވަހު 13:00 ގެ ކުރިން އެޓޭޗްކޮށްފައިވާ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް 28 މެއި 2023 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މެއި 2023 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.  

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ލިންކް:   https://docs.google.com/forms/d/1YHhFWgcXXPYEgy-2w_XDOyALnhMC-zGFO9jUJAega8k/edit

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

23 މެއި 2023

03 ޛުލްޤައިދާ 1444

23 މޭ 2023
ހޯދާ