މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރކުރުމަށް މޫދުކޮށި އަދި ދިރޭ ކުދި ފާނަ ވިއްކުމަށް ހުޅުވާލުން

ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީ ކުރުމަށްޓަކައި ، މެރިކަލްޗަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަވިއްކުމުގެ ޕްރޮގްރާމެއް ހިންގުމަށް ގަސްދުކޮށް އެތަކެތި ގަތުމަށް އެދި ނަންނޯޓު ކުރުމަށް ހުޅުވާލަމެވެ. މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ އަމިއްލަ ފަރާތްތަކަށް ލިބޭނޭގޮތް ހެދުމުގެ މަގުޞަދަކީ ފާނަ ބޮޑުކޮށްގެން މެރިކަލްޗރގެ ވިޔަފާރި ކުރުމަށް މަގު ފަހިކޮށްދިނުމެވެ.

މިގޮތުން، 3 މީޓަރ × 3 މީޓަރުގެ 8 ގޮޅި ހިމެނޭ (ޖުމްލަ 72 އަކަ މީޓަރު) ގެ ޖުމުލަ 57 މޫދުކޮށި (މަޢުލޫމާތު ކަރުދާހުގައި ތަފްސީލުކޮށްފައިވާ ފަދައިން ކޮށީގެ ފްރޭމާއި ދާގަނޑުތަކާއި ވަލާއި ނަގިލި ހިމެނޭގޮތަށް)، ކޮށިސެޓެއް 285,278ރ (ދެލައްކަ އަށްޑިހަފަސްހާސް ދުއިސައްތަ ހަތްދިހަ އަށް ރުފިޔާ)ގެ މަގުން ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މޫދުކޮށި ވިއްކުމަށް ހަމަޖެހިފައިވަނީ ކޮށީގެ އަގު ދައްކާ ޚަލާސްކުރާ ތަރުތީބުން އެ ފަރާތްތަކަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން، ގަންނަ މޫދު ކޮށި ކ.މަނިޔަފުށިން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަވަންޖެހޭނީ ކޮށި ގަންނަ ފަރާތްތަކުންނެވެ.

ކުދި ފާނަ ވިއްކުމަށް ހަމަޖެހިފައިވަނީ، ކ.މަނިޔަފުށީގައި ހިންގާ ރިސާރޗް ހެޗަރީގައި ކުރިއަށްގެންދާ ފާނަ އާލާކުރުމުގެ ރިސާރޗް ޕްރޮގްރާމުގެ ތެރެއިން އުފެއްދޭ މިންވަރަކުން ބޮޑު މިނުގައި 10 ސެންޓިމީޓަރާއި 14 ދެމެދުގެ ފާނައެއް 15ރ. (ފަނަރަ) ރުފިޔާ ގެ މަގުން، ފާނަ ގަތުމަށް ޝައުގުވެރިކަން ފާޅުކުރާ ތަރުތީބަށް ބަލައިގެންނެވެ. ކ. މަނިޔަފުށީގައި އުފައްދާ ކުދި ފާނައާ ގުޅޭ ތަފްސީލު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މޫދު ކޮށްޓާއި ކުދި ފާނަ ގަންނަން އެދޭ ފަރާތްތަކުން [email protected] އީމެއިލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމަށް ދަންނަވަމެވެ. އަދި، މޫދު ކޮށި ނުވަތަ ކުދި ފާނަ ގަތުމުގެ ކުރިން، އެތަކެތި ބައްލަވާލެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު  3028730 ފޯނަށް ގުޅައިގެން ތާރީހާއި ވަގުތު ހަމަޖައްސެވުމަށްފަހު ކ.މަނިޔަފުށްޓަށް ޒިޔާރަތްކުރުމުން ކޮށިތަކާއި ފާނަ ބައްލަވައިލެއްވުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ  ވާހަކަވެސް ދަންނަވަމެވެ.

23 މޭ 2023
ހޯދާ