ވައިކަރަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މި މަރުކަޒުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

     ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު

       J-353829

ބޭނުންވާ އަދަދު

     01 (އެކެއް)

މަޤާމުގެ ގިންތި:

      ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

      ހދ. ވައިކަރަދޫ ޞިއްޙީ މަރުކަޒު

މުސާރަ:

      5610.00ރ ( ފަސްހާސް ހަސަތޭކަ ދިހަރުފިޔާ )

ސަރވިސް އެލަވަންސް:

      2000.00ރ ( ދެހާސް ރުފިޔާ )

އެހެނިހެން އެލަވަންސް

 

 

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ސަޕޯޓިން ކޯ އެލެވެންސް 02 ގެ ގޮތުގައި 700.00 ރުފިޔާ

 މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙީ މަރުކަޒަށް ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކިކަންކަމު އަންނަ މީހުންނަށް މަރުޙަބާ ކިއުމާއި އެކު އެމީހެއްގެ ބޭނުން ރަނގަޅަށް އޮޅުންފިލުވައި ފިޔަވަޅު އެޅުމާއި، އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވެ، ޔަޤީން މަޢުލޫމާތު ފޯރުކޮށްދިނުމާއި، ފޯނުން ލިބޭ މެސެޖް ނޯޓްކޮށް އަވަހަށް އެފަރާތްތަކަށް ރައްދުކުރުމާއި، އޯޕީޑީ އިން ޢާންމުކޮށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅާ ހެދުން.
  2. ފަރުވާހޯދުމަށް އަންނަ ކޮންމެ މީހަކަށް އެކަމާގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް ކޮށް ފުރިހަމަކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ލަސްނުވެ ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  3. އާސަންދައިގެ ދަށުން އަދި އެހެނިހެން ގޮތްގޮތުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމާއި، ނަގަންޖެހޭ ފައިސާ ނެގުމާއި، ބިލްތަކާއި ރިޕޯރޓްތައް ތައްޔާރުކުރުން.
  4. ހާލުދެރަ ބަލިމީހަކު ޞިއްޙީމަރުކަޒަށް ގެންނަން ވެއްޖެނަމަ ނުވަތަ ބަލިމީހަކު އަންނަކަމުގެ މަޢުލޫމާތު ލިބުމުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ބަލި މީހާއަށް އަވަހަށް ފަރުވާ ދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
  5. ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ޢާއްމު މަޢުލޫމާތު ހިމެނޭ ލިޔުންތަކާއި، ނިޝާންތައް ފެންނާނޭހެން ބެހެއްޓުމާއި، ޙަވާލުކުރަންޖެހޭ ލިޔުންތައް ނުވަތަ މަޢުލޫމާތު ފޯރުކޮށް ދިނުން.
  6. ޞިއްހީ މަރުކަޒަށް އަންނަ ކޮންމެ މީހަކާއި ނުވަތަ ފޯނުންގުޅާ ކޮންމެމީހަކާއި ބައްދަލުކޮށް އިހުތިރާމާއި އެކު މެހެމާން ދާރީ އަދާކުރުމާއި އޭނާގެ ބޭނުމަށް އެކަށީގެންވާ ގޮތުގެމަތީން ޖަވާބުދީ އަވަސްކޮށް ކަންކަން ނިމިގެންދާނެ އިންތިޒާމު ހަމަޖެއްސުން.
  7. ހިންހަމަޖެހޭގޮތެއްގެ މަތީން ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކުގެ ބޭނުންތައް ފުއްދައި ދިނުމަށް މަސައްކަތް ކުރުމާއި، އިޙްތިރާމާއި އޯގާތެރިކަން އެމިހަކާއި މެދު ބެހެއްޓުމާއި،އަވަސްކޮށް ހަލުއިކޮށް ޚިދުމަތްފޯރުކޮށް ދިނުމަށް މަސައްކަތްކުރުން.
  8. މީހަކުބޭނުންވާކަމެއް ވަގުތުންކޮށް ނުދެވޭނަމަ ނުވަތަ ލަސްވާނަމަ ޚިދުމަތް ލިބިގަތުމަށް މަޑުކުރާ މީހެއްގެ ކަންތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމީހަކަށް ލިބޭނެގޮތް ހަމަޖެއްސުން.
  9. ވަގުތުން ފަރުވާ ދޭންޖެހޭ ސީރިއަސް ބަލިމީހެއްނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުމާއެކު ނަރުހުންގެ ޝިފްޓް އިންޗާޖަށް އެންގުން، މެޑިކަލް އޮފިސަރަށް އެންގުން، ޞިއްޙީމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި ފަރާތައް އެންގުން، އެންބިއުލާންސް ތައްޔާރު ކުރުވާ އެބަލިމީހަކު ބަލާ ފޮނުވުން، އެޓެންޑެންޓުން ތައްޔާރަށް ބޭތިއްބުން.
  10. ޑޮކްޓަރުންނާ ނަރުހުންނާ މިނޫންވެސް ޑިއުޓީ މުވައްޒަފުންގެ ޑިއުޓީރޯސްޓާތައް ފަސޭހައިން ޑިއުޓީ އެނގޭގޮތަށް ބެހެއްޓުމާއި ޑޮކްޓަރުންގެ ޑިއުޓީ ރޭވިފައިވާގޮތް ޑިއުޓީރޯސްޓަރަށްބަލާ މަޢުލޫމާތު ދިނުން.
  11. ޝިފްޓް އުޞޫލުން ޑިއުޓީ އަދާކުރުމާއި، ޝިފްޓް ޑިއުޓީގައި ޙާޟިރީ ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރުމާއި އޯޕީޑީގެ ކައުންޓަރުގައި ހުންނަ ފޮތްތަކާއި ލިޔުންތަކާއި ތަޅުދަނޑި ތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުން.
  12. ރިސެޕްޝަން ނުވަތަ ކަސްޓަމަރ ސާވިސް އޭރިއާގެ މަސައްކަތްތަކުގައި އިސްކޮށް މަސައްކަތް ކުރުމާއި ޝިފްޓް ޑިއުޓީގައި ޙާޟިރީ ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރުމާއި އޯޕީޑީގެ ކައުންޓަރުގައި ހުންނަ ފޮތްތަކާއި ލިޔުންތަކާއި ތަޅުދަނޑި ތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުމާއި ރިސެޕްޝަން އޭރިޔާގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.
  13. ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންނަށް އޯޕީޑީ / އައިޕީޑީ ގައި ބަލިމީހާ ބުނާ ވާހަކަ ޑޮކްޓަރަށާ ބަލިމީހާއަށް އޮޅުން ފިލުވައި ދިނުން. އަދި ޑޮކްޓަރު ބުނުއްވާ ވާހަކަ ބަލިމީހާއަށް ތަރުޖަމާ ކޮށްދިނުމާއި ބޭސް ސިޓީ ލިޔުމުގަތާއި ލިޔެފައިވާ ބޭސް ސިޓީ ބަލިމީހާއަށް ސާފުކޮށް ކިޔައި ދިނުން.
  14. ވަޒީފާގެ ގޮތުން މުވައްޒަފަށް އެނގޭ އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ސިއްރުތަކާއި ތަފާތު ކަންކަން އާއްމުންނަށް ހާމަނުކުރުން.
  15. މަސައްކަތަށާއި ވެރިންނަށް އިޙްލާސްތެރިވެ ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި އިދާރީ ބައިން އަންގަވާ ކަންތައްތައް ކުރުން.
  16. މެޑިކަލް ރެކޯރޑް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި،ޑެއިލީ އަދި މަންތްލީ ރިޕޯރޓްތައް ތައްޔާރުކުރުމުގައި ބައިވެރިވުމާއި މެޑިކޯ ލީގަލް ރިޕޯރޓް ތައްޔާރު ކުރުމާއި އަހަރީ ރިޕޯރޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ސްޓެޓިސްޓިކްސް ތައްޔާރުކުރުން.
  17. ޞިއްޙީ މަރުކަޒުން ޙިދުމަތްހޯދާ ހުރިހާ ފަރާތްތަކަށް އާސަންދައާއި އެހެނިހެން އިންޝުއަރެންސް ސްކީމްތަކުގެ ޚިދުމަތް ޤަވާއިދާ އެއްގޮތަށް ދިނުން އެފަރާތްތަކަށް ހަދަންޖެހޭ ބިލްތައް އަދި އިންވޮއިސް ހެދުމާއި އެފައިސާ ހޯދުމަށް މަސައްކަތް ކުރުމާއި، އަގުނެގުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަށް އަގުނެގުމާއި، ލިބޭ ފައިސާ ބަލައި ގަތުމާއި، ރަސީދު ހެދުމާއި، އާމްދަނީ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި ލިޔެކިޔުންތައް ރެކޯރޑް ކުރުމާއި، އާމްދަނީ ފައިސާއާއި ގުޅޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ޤަވާއިދުން ފޮނުވުން.
  18. ޙާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން މަރުކަޒުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  19. ސިއްހީ އެމަޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަގާމުގެ ޝަރުތު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާސިލްކޮށްފައިވުން.

 

ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން (ޕްރިފަރޑް)
  • ބިޒްނަސް މެނޭޖްމަންޓް (ޕްރިފަރޑް)
  • ކަސްޓަމަރ ކެއަރ (ޕްރިފަރޑް)
  • މެނޭޖްމަންޓް
  • ޕަބްއެޑްމިނިސްޓްރޭޝަން (ޕްރިފަރޑް)

 

ގުޅޭ ވަޒީފާގެ ދާއިރާ:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • ކަސްޓަމަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން، މި މަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: %30 )
  2. އަސާސީ ޝަރުތަށްވުރެން އިތުރަށް ލިބިފައިވާ ތައުލީމް (ކަނޑައެޅިފައިވާ އިންސައްތަ: )
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: )
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: )
  5. އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: %20)
  6. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: %35)

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު  31 މެއި 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ  [email protected]  ށް އީމެއިލް ފޮނުވުމަށް ދަންނަވަމެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި  އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިހާން އޮންނާނީ، 01 ޖޫން 2023 އާއި 01 ޖުލައި 2023 އާ ދެމެދު މިމަރުކަޒުގެ އޮފީހުގައި ނުވަތަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ  މީޓިން ރޫމުގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520540  އަށެވެ. އީ-މެއިލް ކުރާނީ  [email protected]    އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 މޭ 2023
ހޯދާ