ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަލް ޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖް 2023" ޤަވާއިދަށް އިސްލާޙު ގެނައުން

"އަލް ޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖް 2023" ޤަވާއިދަށް އިސްލާޙު ގެނައުން

ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "އަލް ޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖް 2023" ފަށަން ހަމަޖެހިފައިވާ ތާރީޚް (28 ޖޫން 2023) ފަސްކޮށް 01 ޖުލައި 2023 ގައި ފެށުމަށް ނިންމައި މުބާރާތުގެ މެންސް ޑިވިޝަނާއި ވުމެންސް ޑިވިޝަން އަދި ޖޫނިއަރ ޑިވިޝަން ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަދި ވުމެންސް ޑިވިޝަން ޤަވާއިދުގެ 7 ވަނަ މާއްދާގެ (ބ) ތިރީގައިވާ ގޮތަށް އިސްލާޙު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.  

  • "އަލް ޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖް 2023" ގެ މެންސް ޑިވިޝަނާއި ވުމެންސް ޑިވިޝަން އަދި ޖޫނިއަރ ޑިވިޝަން ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ކުރިން އޮތް ގޮތް: ކޮންމެ ޓީމެއްގައިވެސް މަދުވެގެން 8 ކުޅުންތެރިން އަދި ގިނަވެގެން 10 ކުޅުންތެރިން ރަޖިސްޓްރީކުރަން ވާނެއެވެ.
  • މެންސް ޑިވިޝަނާއި ވުމެންސް ޑިވިޝަން އަދި ޖޫނިއަރ ޑިވިޝަން ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ބަދަލު ކުރެވުނު ގޮތް: ކޮންމެ ޓީމެއްގައިވެސް މަދުވެގެން 8 ކުޅުންތެރިން އަދި ގިނަވެގެން 12 ކުޅުންތެރިން ރަޖިސްޓްރީކުރަން ވާނެއެވެ.
  • "އަލް ޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖް 2023" ގެ ވުމެންސް ޑިވިޝަން ޤަވާއިދުގެ 7 ވަނަ މާއްދާގެ (ބ) ކުރިން އޮތް ގޮތް: މި މުބާރާތުގައި ގައްދޫ އަށް ނިސްބަތްނުވާ 2 ކުޅުންތެރިން ޓީމް ލިސްޓުގައި ޖެހިދާނެއެވެ. ނަމަވެސް މެޗެއްގައި ދަނޑަށް އަރައި ކުޅެވޭނީ ގައްދޫ އަށް ނިސްބަތްނުވާ 1 ކުޅުންތެރިއަކަށެވެ. އަދި އެފަދަ ކުޅުންތެރިން ޓީމް ލިސްޓުގައި ފާހަގަ ކުރެވިފައި ހުންނަންވާނެއެވެ.
  • ވުމެންސް ޑިވިޝަން ޤަވާއިދުގެ 7 ވަނަ މާއްދާގެ (ބ) ބަދަލު ކުރެވުނު ގޮތް: މި މުބާރާތުގައި ގައްދޫ އަށް ނިސްބަތްނުވާ 3 ކުޅުންތެރިން ޓީމް ލިސްޓުގައި ޖެހިދާނެއެވެ. ނަމަވެސް މެޗެއްގައި އެއްފަހަރާ ދަނޑަށް އަރައި ކުޅެވޭނީ ގައްދޫ އަށް ނިސްބަތްނުވާ 2 ކުޅުންތެރިއަކަށެވެ. އަދި އެފަދަ ކުޅުންތެރިން ޓީމް ލިސްޓުގައި ފާހަގަ ކުރެވިފައި ހުންނަންވާނެއެވެ.

             މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ރަޖިސްޓްރީކުރެވޭ ކުޅުންތެރިންގެ އަދަދު 12 އަށް އިތުރު ކުރުމާއި ގުޅިގެން މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ އިސްލާޙު ކުރެވިފައިވާ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާއްމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 7601051 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.  

22  މޭ  2023                                                                 

22 މޭ 2023
ހޯދާ