ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރގައި ލެޑު ޖެހުމާއި، އެކަމާއި ގުޅޭ އެންމެހާ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ ބީލަން ހުށެހެޅުމުގެ މުއްދަތު އިތުރު ކުރުން.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރގައި ލެޑު ޖެހުމާއި، އެކަމާއި ގުޅޭ އެންމެހާ މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު (IUL)KRH/PLD/2023/72  (18 މޭ 2023) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚް ތިރީގައި ބަޔާންކުރެވިފައިވާ ދުވަހަށް ބަދަލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މިކަން ދެންނެވީމެވެ.

ނޯޓް: ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)

  • ތާރީޚް: 11 ޖޫން 2023 (އާދިއްތަ ދުވަސް)
  • ގަޑި: 11:00 ގައި
22 މޭ 2023
ހޯދާ