އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އަޟްޙާ ޢީދުގެ މުނާސަބަތުގައި އައްޑޫސިޓީ ކައުންސިލް އާއި ގުޅިގެން ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

ޢިއުލާން

 

                 1444 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 27 ޖޫން 2023 އިން 01 ޖުލައި 2023ގެ ނިޔަލަށް 4 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1444" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

                 އެގޮތުން ޢީދުގެ މުނާސަބަތުގައި ކައުންސިލާއި ގުޅިގެން ހަރަކާތްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިއިދާރާއިން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހިންގުމަށް ގަސްތުކުރާ ހަރަކާތާއި، ހަރަކާތް ހިންގުމަށް ކައުންސިލުން ބޭނުންވާ އެހީތެރިކަން އެގޭނެގޮތަށް އިވެންޓް ޕްރޮޕޯސަލް 28 މޭއި 2023ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަދި [email protected]  އަށް އީމެއިލް މެދުވެރިކޮށް ފޮނުއްވާ ދެއްވުން އެދެމެވެ. އަދި ހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ސިމާން ހާދީ 7741155 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                 އިޙްތިރާމް ޤަބޫލްކޮށްދެއްވުން އެދެމެވެ.

01 ޒުލްޤައިދާ 1444

21   މޭ   2023

22 މޭ 2023
ހޯދާ