މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯނި އެހެލާ ސަރަޙައްދުގައި އެކި ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނެގުމާގުޅޭ

އިޢުލާނު

 

ދޯނި އެހެލާ ސަރަޙައްދުގައި އެކި ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނެގުމާގުޅޭ:

                 އޭދަފުށްޓަކީ އަމާން އޮމާން ސާފުތާހިރު ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމުގެ މަޤްޞަދުގައި މިކައުންސިލްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އޭދަފުށީގެ ދޯނި އެހެލާ ސަރަޙައްދު ގައި އެކިއެކި ފަރާތްތަކުން ކައުންސިލްގެ ހުއްދަނެތި ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން މި މެއި މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ނެގުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ފަހުން ދޯނި އެހެލާ ސަރަޙައްދުގައި ނުނަގައި ހުރި ތަކެއްޗަކީ  ވެރިފަރާތެއްނެތް ތަކެތިކަމަށް ބަލައި އެތަކެތި ނައްތާލުމުގެ މަސައްކަތް  ކައުންސިލުން ކުރިއަށްގެންދާނެއެވެ.

           އަދި،ދަންނަވަމެވެ. ތަކެތި ނައްތާލުމުގެ މަސައްކަތްކުރަމުންދާއިރު އުކާލެވޭ އެއްވެސް އެއްޗަކަށް ނުވަތަ ތަކެއްޗަކަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުވާނެކަން ވެސް ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

           މިހެންވެ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.   

                  01 ޛުލްޤައިދާ 1444ހ

21 މޭ 2023
ހޯދާ