ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީ ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތް

ވިލުފުށީ ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތް 2023 ޖޫން 08 އިން 11 ގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މޭ 31 ވަނަ ދުވަހުގެ 13:30 ގެކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 

މުބާރާތުގައި ބައިވެރިވުން:

މުބާރާތުގައި ބައިވެރިވެވޭނީ ރަށު ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތުގެ ޤަވާޢިދުގައި، މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، މިމުބާރާތުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.

 

ބައިވެރިވުމަށް އެދޭ ފޯމު ލިބެންހުންނާނެ ތަންތަން:

  1. ވިލުފުށީ ކައުންސިލްގެ އިދާރާ
  2. ވިލުފުށީ ސްކޫލް
  3. ވިލުފުށީ ޕްރީސްކޫލް

 

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ބައިވެރިވާން އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ފޯމާއެކު ހުށަހަޅަން ވާނެއެވެ.

 

ސުންގަޑި:

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2023 މޭ 31 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ވިލުފުށީ ކައުންސިލްގެ އިދާރާއަށް ފޯމުހުށަހަޅަން ވާނެއެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 މޭ 2023
ހޯދާ