މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަތީދަރަޖަ ހޯއްދަވާ ފަރާތްތަކަށް މުލަކަތޮޅު މަޑުއްވަރީ ކައުންސިލުން ދެއްވާ ޚާއްސަ އިނާމު ދިނުމުގެ އުޞޫލު

ތަޢާރަފް

1

 

 

މި އުސޫލަކީ ، ހިތްވަރާއި ހުނަރުން މަތީ ދަރަޖަ ހޯއްދަވާ ފަރާތްތަކުން އެ ހޯދާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް މ.މަޑުއްވަރީ ކައުންސިލުން ދެއްވާ ޚާއްސަ އިނާމު ދިނުމުގެ ކަންކަން ހަމަހަމަކަމާއި އެކު ކުރިޔަށް ގެންދިޔުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ. 

ނަން

2

 

 

މި އުޞޫލަށް ކިޔާނީ " މަތީދަރަޖަ ހޯއްދަވާ ފަރާތްތަކަށް މުލަކަތޮޅު މަޑުއްވަރީ ކައުންސިލުން ދެއްވާ ޚާއްސަ އިނާމު ދިނުމުގެ އުސޫލް"  މިހެންނެވެ.

މަޤްޞަދު އަދި އިނާމު ހާއްސަކުރެވިފައިވާ ފަރާތުގެ މަޢުލޫމާތު

3

ހ

 

މިއިނާމު ދިނުމުގެ މަޤްސަދަކީ މ.މަޑުއްވަރިއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް މިފަދަ ކާމިޔާބުތައް ހޯދުމަށް ހިތްވަރުދިނުމެވެ. 

 

ށ

 

މިއިނާމު ޚާއްސަ ކުރެވިފައިވަނީ އަލްމަރުޙޫމް ދާއޫދު އާދަމް ނަސީމީގެ / މ.މަޑުއްވަރި މިރަށަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެބޭފުޅާގެ ނަމަށެވެ. މިގޮތުން މިއިނާމު ނަމަކީ " ދާއޫދު އާދަމް ( ދޮންބޭބެ) ހަނދާނީ އެވޯޑް" އެވެ.

މިއިނާމު ދާއޫދު އާދަމްގެ ނަމަށް ޚާއްސަކުރެވިފައިވަނީ، މިބޭފުޅާއަކީ ރަށުގެ ތަޢުލީމަށް ޚާއްސަކޮށް ދީނީ ތަޢުލީމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށް ވާތީއެވެ. މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް ކުރެވިފައިވާ ގިނަ ކަންތައްތަކަކަށް މިބޭފުޅާގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިފައިވާކަން ފާހަގަކުރެވެއެވެ. (މާތްﷲ މިމަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި!)

އުސޫލު ތަންފީޒު ކުރުމާއި އުސޫލަށް ޢަމަލުކުރަން ފެށުން

4

 

 

މި އުޞޫލް ހިންގާ ތަންފީޒު ކުރާނީ މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިންނެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ މި އުސޫލު ކައުންސިލްގެ އާންމު ބައްދަލުވުމުން ފާސްކުރުމަށްފަހު ، ގެޒެޓްކުރާ ތާރީޙުން ފެށިގެންނެވެ.

އިނާމް ޙައްޤުވާ ފަރާތްތައް  ކަނޑައެޅުމާއި ، އިނާމުގެ ގޮތުގައި ދޭނެ ތަކެތި

5

ހ

 

އިނާމް ޙައްޤުވާ ފަރާތްތައް ކަނޑައަޅާނީ ރަށުކައުންސިލުން އައްޔަންކުރައްވާ އިނާމާއި ބެހޭ ޚާއްސަ ކޮމެޓީއަކުންނެވެ.

 

ށ

 

މި އިނާމު އާއްމުގޮތެއްގައި ދޭނީ އަހަރަކު އެއްފަހަރުއެވެ. މިއިނާމު ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ އެވޯޑް ނައިޓްއާއި ގުޅުވައިގެންނެވެ. އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ހަނދާނީ ފިލައަކާއި ކަނޑައެޅޭ ފައިސާގެ އިނާމެކެވެ.  

 

ނ

 

މިއިނާމަށް ނަން ހުށައެޅޭނީ އިނާމަށް ނަންހުށަހެޅުންއެދި މ.މަޑުއްވަރީ ކައުންސިލުން ފުރުޞަތު ހުޅުވައި ލުމުން، އިނާމުދޭ އަހަރުގެ ކުރީއަހަރު މިއުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ހާޞިލްކޮށްފައިވާ ފަރާތަކަށެވެ.

 

ރ

 

އަހަރު ބަލާނީ 01 ޖެނުއަރީން 31 ޑިސެމްބަރުގެ ނިޔަލަށެވެ.

އިނާމަށް ނަން ހުށައެޅޭނެ ފަރާތްތައް

6

6.1

 

މިއިނާމަށް ނަން ހުށައެޅޭނީ ތިރީގައި މިދަންނަވާ ފަރާތްތަކަށެވެ.

 

 

ހ

މ.މަޑުއްވަރީގެ ރަށްވެހިން

 

 

ށ

މ.މަޑުއްވަރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް

 

 

 

ނ

މ.މަޑުއްވަރީގައި ރަޖިސްޓްރީކޮށްފައިވާ ކުލަބް ޖަމްޢިއްޔާ ޖަމާޢަތަކަށް

 

 

ރ

މ.މަޑުއްވަރީގައި ޤާއިމުކޮށްފައިވާ ދައުލަތުގެ މުއައްސަސާއެއް

 

 

ބ

މ.މަޑުއްވަރީގެ މުވައްސަސާއެއް ނުވަތަ ކްލަބް ޖަމިއްޔާ ޖަމާޢަތެއް ތަމްސީލުކުރުމަށް ބައިވެރިވާ މ.މަޑުއްވަރީގެ ރައްވެހިންނޫން އެހެން ފަރާތްތައް. 

އިނާމު ދެވޭ ކަންކަން

 

7

7.1

 

މަތީދަރަޖަ ހޯދާ ފަރާތްތަކަށް މ.މަޑުއްވަރީ ކައުންސިލުން ދެއްވާ ޚާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، އަންނަނިވި ކަންކަމަށެވެ.

 

 

ހ

މަތީތަޢުލީމާއި ތަމްރީން ކޯހަކުން އެންމެ މަތީ ވަނަ ހޯދުން / ޕީ.އެޗް.ޑީ ހާސިލްކުރުން.

 

 

ށ

ބައިނަލް އަޤުވާމީ މައުރަޒަކުން، ނުވަތަ މުބާރާތަކުން، ނުވަތަ މިނޫންވެސް ބައިނަލްއަޤުވާމީ މިންކުރުމަކުން ވަނައެއް ހޯދުން

( އެއްވަނަ އިން ފެށިގެން ދިހަވަނަ އާއި ހަމައަށް )

 

 

ނ

އޭލެވެލް/އޯލެވެލް ގެ ގަދަ ދިހައެއް ޙާޞިލްކުރުން، އޭ ލެވެލް/ އޯލެވެލް މާއްދާއަކުން ދުނިޔޭގެ ފެންވަރުގައި ވަނައެއް ހާސިލްކުރުން

 

 

ރ

ކީރީތި ޤުރުއާން ހިތުދަސްކުރުން.

 

 

ބ

ޤައުމީ ފެންވަރުގެ މައުރަޒަކުން، ނުވަތަ މުބާރާތަކުން، ނުވަތަ މިނޫންވެސް ޤައުމީ ފެންވަރުގެ މިންކުރުމަކުން އެންމެ މަތީވަނަ ނުވަތަ ވަނައެއް ނުވަތަ ޝަރަފް ހޯދުން.

މަތީތަޢުލީމާއި ތަމްރީން ކޯހަކުން އެންމެ މަތީ ވަނަ ހޯދުން/ ޕީ.އެޗް.ޑީ ހާސިލްކުރުން.

8

8.1

 

މި އިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ، މަތީތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ފުރިހަމަކުރާ ކޯހަކުން އެއްވަނަ ނުވަތަ ފާހަގަކުރެވޭ އެންމެ މަތީވަނަ، ހާޞިލްކުރާ ފަރާތްތަކަށް އަންނަނިވި ޝަރުތުތައް ފުރިހަމަ ވުމުންނެވެ.

 

 

ހ

ފުރިހަމަކޮށްފައިވާ ކޯހުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ސަނަދެއް ލިބިފައިވުން.

 

 

ށ

އިނާމަށް ހުށައަޅާ ސަނަދަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސަނަދަކަށްވުން.

 

 

ނ

އިނާމަށް ހުށައަޅާ ސަނަދަކީ ކުރިން ހާސިލްކޮށްފައިވާ ސަނަދަކަށްވުރެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށް ލެވެލެއްގެ ސަނަދަކަށް ނުވުން.

 

 

ރ

ހާސިލްކޮށްފައިވާ ސަނަދުން ހޯދައިފާއިވާ މާކްސްގެ ނުވަތަ ގްރޭޑްގެ އެވްރެޖް 85 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން އެވްރެޖް މާކްސް ހޯދާފައިވުން.

 

 

ބ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ދިވެހިރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ތަޢުލީމު ހާސިލްކޮށް ކިޔެވިދާއިރާއަކުން ނުވަތަ ޕްރޮގްރާމަކުން  ނުވަތަ ކޯހަކުން ޕީއެޗްޑީ ހާސިލްކޮށްފައިވާ ފަރާތަކަށް ވުން

ބައިނަލް އަޤުވާމީ މައުރަޒަކުން، ނުވަތަ މުބާރާތަކުން، ނުވަތަ މިނޫންވެސް ބައިނަލްއަޤުވާމީ މިންކުރުމަކުން ވަނަ ހޯދުން

9

9.1

 

މިއިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ، ބައިނަލް އަޤުވާމީ މައުރަޒެއްގައި ނުވަތަ މުބާރާތެއްގައި ބައިވެރިވެ ބައިނަލްއަޤުވާމީ ފެންވަރުގެ ވަނައެއް އެވޯޑެއް ހޯދާ، ކުލްބްތަކާއި ޖަމްއިއްޔާތަކާއި ޖަމާޢަތްތަކާއި ވިޔަފާރިތަކާއި މުވައްސަސާތަކާއި ވަކިވަކި ފަރުދުންނަށެވެ. އަދި ބައިނަލް އަޤުވާމީ ފެންވަރުގެ މިންކުރުމަކުން އެންމެ މަތީވަނަ ނުވަތަ ޝަރަފް ހޯދާ ބުނެވިދިޔަ ފަރާތްތަކަށެވެ.

 

9.1

ހ

ބައިނަލް އަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ވަނަ ހޯދާ ފަރާތްތަކަށް މިއިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ އަންނަނިވި ޝަރުތުތައް ފުރިހަމަވުމުންނެވެ.

 

 

1

ބައިވެރިވި މުބާރާތް ނުވަތަ މަޢުރަޒަކީ މަދުވެގެން ތިން ޤައުމަކުން ބައިވެރިވެ ވާދަކޮށްފައިވާ މުބާރާތެއް ނުވަތަ މަޢުރަޒެއްކަމުގައިވުން.

 

 

2

ބައިވެރިވި މަޢުރަޒުން ނުވަތަ މުބާރާތުން އެއްވަނަ ދަރަޖަ ހާސިލްކޮށްފައިވުން ނުވަތަ ބައިވެރިވި ކެޓަގަރީން އެއްވަނަ ދަރަޖަ ހާސިލްކޮށްފައިވުން ނުވަތަ ބައިވެރިވި މަޢުރަޒުން ވަނައެއް ނުވަތަ ސަރަފެއް ހޯދުން

 

 

3

ބައިވެރިވި މުބާރާތް ނުވަތަ މައުރަޒު އިންތިޒާމުކޮށްފައިވަނީ ބައިނަލްއަޤުވަމީ ފަރާތަކުން ނުވަތަ އެކަން އިންތިޒާމުކުރި ޤައުމުގެ ރަސްމީފަރާތަކުން ކަމުގައިވުން ނުވަތަ އެކަން އިންތިޒާމުކުރި ޤައުމުގައި ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވާ ފަރާތަކުން ކަމަށްވުން.

 

9.1

ށ

ބައިނަލްއަޤުވާމީ މިންކުރުމަކުން އެންމެ މަތީވަނަ ނުވަތަ ޝަރަފް ހޯދާ ފަރާތަކަށް މިއިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ އަންނަނިވި ޝަރުތުތައް ފުރިހަމަ ވުމުންނެވެ.

 

 

1

މިންކުރެވުނު ދާއިރާއިން އެންމެ މަތީވަނަ ނުވަތަ ވަނައެއް ނުވަތަ ޝަރަފު ލިބުން

 

 

2

މަދުވެގެން ތިން ޤައުމެއްގެ މެދުގައި މިންކުރެވުން.

 

 

3

މިންކުރީ ބައިނަލްއަޤުވަމީ ފަރާތަކުން ނުވަތަ އެކަން އިންތިޒާމުކުރި ޤައުމުގެ ރަސްމީފަރާތަކުން ކަމުގައިވުން ނުވަތަ އެކަން އިންތިޒާމުކުރި ޤައުމުގައި ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވާ ފަރާތަކުން ކަމަށްވުން.

އޭލެވެލް/ އޯލެވެލް ގެ ގަދަ ދިހައެއް ނުވަތަ މާއްދާއަކުން ނުވަތަ މާއްދާ ތަކަކުން ދުނިޔޭގެ ފެންވަރުގައި އެއްވަނަ ޙާޞިލް ކުރުން.

 

10

ހ

 

މިނިސްޓްރީ އޮފް އެޑިއުކޭޝަން ކަނޑައަޅާ އުސޫލުގެ ތެރެއިން ޤައުމީ ފެންވަރުގައި އޭލެވެލް އިން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިފައިވާ ފަރާތެއް ކަމުގައިވުން

 

ށ

 

މިނިސްޓްރީ އޮފް އެޑިއުކޭޝަން ކަނޑައަޅާ އުސޫލުގެ ތެރެއިން ޤައުމީ ފެންވަރުގައި އޯލެވެލް އިން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިފައިވާ ފަރާތެއް ކަމުގައިވުން.

 

ނ

 

އޭ ލެވެލް ނުވަތަ އޯލެވެލް ގައި މާއްދާއަކުން  ނުވަތަ މާއްދާ ތަކަކުން ބައިނަލްއަޤުވާމީ ފެންވަރުގައި އެއްވަނަ ނުވަތަ ވަނައެއް ޙާޞިލް ކޮށްފައިވުން.

ކީރީތި ޤުރުޢާން ހިތުދަސްކުރުން.

 

11

ހ

 

ޤުރުއާން ހިތުދަސްކޮށް ހާފިޘްކަމުގެ ސަނަދު ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުން

 

ށ

 

މިސަނަދަކީ ދިވެހި ސަރުކާރުން ޤަބޫލުކުރާ ސަނަދެއް ކަމުގައި ވުން

ޤައުމީ ފެންވަރުގެ މައުރަޒަކުން، ނުވަތަ މުބާރާތަކުން، ނުވަތަ މިނޫންވެސް ޤައުމީ ފެންވަރުގެ މިންކުރުމަކުން އެންމެ މަތީވަނަ ނުވަތަ ވަނައެއް ނުވަތަ ޝަރަފް ހޯދުން.

 

12

12.1

 

މިއިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ، ޤައުމީ ފެންވަރުގެ މައުރަޒެއްގައި ނުވަތަ މުބާރާތެއްގައި ބައިވެރިވެ ޤައުމީ ފެންވަރުގައި އެއްވަނަ ދަރަޖައިގެ އެވޯޑެއް ހޯދާ، ނުވަތަ ވަނައެއް ނުވަތަ ޝަރަފެއް ހޯދާ ކުލްބްތަކާއި ޖަމްއިއްޔާތަކާއި ޖަމާޢަތްތަކާއި ވިޔަފާރިތަކާއި މުވައްސަސާތަކާއި ވަކިވަކި ފަރުދުންނަށެވެ. އަދި ޤައުމީ ފެންވަރުގެ މިންކުރުމަކުން އެންމެ މަތީވަނަ ނުވަތަ ވަނައެއް ނުވަތަ ޝަރަފް ހޯދާ ބުނެވިދިޔަ ފަރާތްތަކަށެވެ.

 

 

ހ

ޤައުމީ ފެންވަރުގެ މައުރަޒަކުން ނުވަތަ މުބާރާތަކުން އެއްވަނަދަރަޖަ ހޯދާ ފަރާތަކަށް ނުވަތަ ވަނައެއް ނުވަތަ ޝަރަފެއް ހޯދާ ފަރާތަކަށް މިއިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ އަންނަނިވި ޝަރުތުތައް ފުރިހަމަވުމުންނެވެ.

 

 

1

ބައިވެރިވި މަޢުރަޒުން ނުވަތަ މުބާރާތުން އެއްވަނަ ދަރަޖަ ހާސިލްކޮށްފައިވުން ނުވަތަ ބައިވެރިވި ކެޓަގަރީން އެއްވަނަ ދަރަޖަ ހާސިލްކޮށްފައިވުން ނުވަތަ ބައިވެރިވި މަޢުރަޒުން ނުވަތަ މުބާރާތުން ވަނައެއް ނުވަތަ ޝަރަފެއް ހޯދުން

 

 

2

ބައިވެރިވި މުބާރާތް ނުވަތަ މައުރަޒު އިންތިޒާމުކޮށްފައިވަނީ ދިވެހި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ކަމާއިބެހޭ މުއައްސަސާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމުގައިވުން.

 

 

3

މިމުބާރާތަކީ މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާފައިވާ މުބާރާތެއްކަމުގައިވުން.

 

 

4

މަދުވެގެން ފަސް ރަށެއް ނުވަތަ ފަސްފަރާތެއް (ކުލަބް،ޖަމްޢިއްޔާ، ޖަމާއަތެއް، މުއައްސަސާއެއް) ގެ މެދުގައި މިންކުރެވުން.

 

12.1

ށ

ޤައުމީ ފެންވަރުގައި މިންކުރުމަކުން އެންމެ މަތީވަނަ ނުވަތަ ޝަރަފް ހޯދާ ފަރާތަކަށް މިއިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ އަންނަނިވި ޝަރުތުތައް ފުރިހަމަ ވުމުންނެވެ.

 

 

1

މިންކުރެވުނު ދާއިރާއިން އެންމެ މަތީވަނަ ނުވަތަ ޝަރަފު ލިބުން.

 

 

2

ބައިވެރިވި މުބާރާތް ނުވަތަ މައުރަޒު އިންތިޒާމުކޮށްފައިވަނީ ދިވެހި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ކަމާއިބެހޭ މުއައްސަސާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމުގައިވުން.

 

 

3

މިމުބާރާތަކީ މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާފައިވާ މުބާރާތެއްކަމުގައިވުން.

 

 

4

މަދުވެގެން ފަސް ރަށެއް ނުވަތަ ފަސްފަރާތެއް (ކުލަބް،ޖަމްޢިއްޔާ، ޖަމާއަތެއް، މުއައްސަސާއެއް) ގެ މެދުގައި މިންކުރެވުން

އުޞޫލަށް އުނިއިތުރު ގެނައުން

13

ހ

 

މި އުޞޫލަށް އުނިއިތުރު ގެނެވޭނީ ، އެކަމަށް ކައުންސިލްގެ އާންމު ބައްދަލުވުމަކަށް އެޖެންޑާކޮށް އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޤްލަބިއްޔަތުން ފާސްކުރުމުންނެވެ.

21 މޭ 2023
ހޯދާ