މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޢިމާރާތްކުރުން

ޕްރޮޖެކްޓް ނަންބަރު: TEB/2015/W-05

ޕްރީކޮލިފައި ކުރުމުގެ ދަޢުވަތު

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޢިމާރާތްކުރުން

1- ސ. ހިތަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް އަދި އޯޕެކް ފަންޑް ފޯރ ޑިވެލޮޕްމަންޓް ( އޯފިޑް) އިންދޭ ލޯނު އެހީގެ ބައެއްގެ ގޮތުން ތިރީގައި ދަންނަވާފައިވާ ޕްރޮޖެކްޓަށް ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2- މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް ސ. ހިތަދޫގައި ރީޖަނަލް ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ، ޕްރީކޮލިފައިވާ ފަރާތްތަކަށް ހުޅުވާލަމެވެ.

3- ޕްރީކޮލިފިކޭޝަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 25 ޖަނަވަރީ 2015 އިން 11 ފެބުރުވަރީ 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަމުގައި ބައިވެރިވުމުގެ ރެޖިސްޓްރޭޝަނުގެ އަގަކީ -/1500 (ފަނަރަސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

4- މި ބީލަމާއި ބެހޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349191 ،3349266،

ފެކްސް: 3320706 ،3324432،

އީމެއިލް:[email protected]

5- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/250,000ރ (ދެލައްކަ ފަންސާސްހާސް ރުފިޔާ) ޕްރައިސް ޕްރޮޕޯޒަލް ހުށަހަޅާއިރު ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6- މި ޕްރޮޖެކްޓުގެ ޕްރީކޮލިފިކޭޝަން ބިޑްތައް 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަން ފޮނުއްވަންވާނެއެވެ. ގަޑިޖެހުމުގެ ސަބަބުން ސަބްމިޓްކުރާ ބިޑްތައް ރިޖެކްޓް ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު، ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

22 ޖަނަވަރީ 2015
ހޯދާ