ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައި ލައުންޑަރީ އަދި ގުދަން ހިމެނޭގޮތަށް އައު ޢިމާރާތެއްކުރުމާއި، މިހާރު ބަދިގެ އަދި ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ މިހާރުގެ މީޓިންގ ހޯލް އަދި ބަދިގެ ހިމެނޭ އިމާރާތުގެ ދެކުނު ފަރާތުގައިވާ ހުސް ޖާގައިގާ، 01 ލައުންޑަރީ، އަދި 02 ގުދަން ހިމެނޭގޮތަށް އައު އިމާރާތެއްކުރުމަށާއި، މިހާރުގެ ބަދިގެ އަދި ބަދިގެއާއި އިންވެގެން އުތުރުން ހެދިފައިވާ ގުދަން ބަޔަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

 މަޢުލޫމާތު ސާފުކުރުން

24 މެއި 2023

12:00

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

30 މެއި 2023

12:00

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: +960-6700502، ވައިބަރ: +960-7949275، އީމެއިލް: [email protected] 

21 މޭ 2023
ހޯދާ