ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
މިއޮފީހުގެ ނަންބަރު 55/2014/1/C-196(IUL) 15 ޑިސެންބަރު 2014 އިޢުލާނު ބާޠިލުކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01
މުސާރަ: -/11,158 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/2,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ލ. އަތޮޅު ގޮފި/ ގަމު
މަޤާމުގެ މަސްއޫލިއްޔަތު: މިއޮފީހަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހުގެ ކިޔެވުން ފުރިހަމަކުރުމަށްފަހު، ސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ވަގުތީ ނަތީޖާތައް ހުށަހެޅިދާނެއެވެ.)
އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް މަހަކު -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 03 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])
05 ރަބީއުލްއާޚިރު 1436