މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބާ ތަކެތި ނީލަން ކިޔުން:

ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި މިކުންފުނީގެ ދުވަހު ނީލަމުގައި ނީލަން ކިޔަން ބޭނުންވެއެވެ. ނީލަން ކިޔުން އޮންނާނީ 23 މެއި 2023 އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޓްރޭޑިންގ ޑިވިޜަން (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ. މިތަކެތި ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

ނީލަމަށް ތަކެތި ހުށަހެޅި ފަރާތް

ތަކެތި ހުރި ތަން

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ގުޅުއްވާނީ

ތަކެތި ދެއްކުމަށް ހަމަޖެހިފައިވަނީ 21 މެއި 2023 ވަނަ ދުވަހު

އެމް.ޓީ.ސީ.ސީ

ހިއުމަން ރިސޯސް ޑިވިޜަން

ޒޮނޭރިޔާ ބިލްޑިން 3 ވަނަ ފަންގިފިލާ

 

1650

 

ހެނދުނު 9:00 އިން 12:00 އަށް

އެމް.ޓީ.ސީ.ސީ

ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަން

 

އެމް.ޓީ.ސީ.ސީ-ރެންޓަލްސް ޕްލާޒާ

 

1650

 

ހެނދުނު 9:00 އިން 14:00 އަށް

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 23 މެއި 2023 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް ޓްރޭޑިންގ ޑިވިޜަންއަށް ، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ހާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. އަދި  އަލައް ނީލަމުގައި ބައިވެރިވާ ފަރާތް ތަކުން 22 މެއި 2023 ގެ 16:00 ގެ ކުރިން މި ކުންފުނީގެ އޮކްޝަން ޔުނިޓުގައި ރެޖިސްޓްރީވުމަށް ދަންނަވަމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތް ހޯއްދެއްވުމަށް 1650 ނަންބަރަށް ގުޅުވުން އެދެމެވެ.

18 މޭ 2023
ހޯދާ