މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Japanese Government Scholarship for 2024

Japanese Government Scholarship for 2024

    

ޖަޕާނުގެ ސަރުކާރުގެ ފަރާތުން ޖަޕަނީޒް ގަވަރމެންޓް ސްކޮލަރޝިޕް ފޮރ 2024 ގެ ދަށުން ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުގައި ކިޔެވުމަށް ސްކޮލަރޝިޕް ފުރުޞަތު ލިބިފައިވާ ކަމަށް ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ވަނީ އަންގާފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ.

 

މި ސްކޮލަރޝިޕަށް ކެނޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަރވިއު މަރުހަލާއަށް ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ފަރާތުންނެވެ. މި ޓެސްޓް އަދި އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ޖަޕާން އެމްބަސީގައެވެ.

 

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެއެވެ.

  https://www.mv.emb-japan.go.jp/files/100496255.pdf

  މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 28 މޭ 2023އެވެ.

 ..............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

18 މޭ 2023
ހޯދާ