ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުން

މިރަށުގެ ލޭންޑް ޔޫސް ޕްލޭންގެ 17.1 (އައުސަހަރާގެ ގޮތުގައި ކަނޑައަޅާފައިވާ) ސަރަހައްދުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ވަގުތީ ބިންތަކެއް ދޫކުރުމަށް ކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު އެނގޭނެހެން 2023 މެއި 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ނުވަތަ https://shorturl.at/kwxzG މި ލިންކު މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުން އެދެމެވެ.

  1. ނަން:
  2. އެޑްރެސް:
  3. މަސައްކަތް ކުރަންބޭނުންވާ ބިމުގެ ބޮޑުމިން:
  4. ބިން ނަގާބޭނުން ވިޔަފާރި / އަމިއްލަ މަސައްކަތަށް:
  5. ފޯނު ނަންބަރު:

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701/9897800 އަށް ގުޅުއްވުން އެދެމެވެ.

18 މޭ 2023
ހޯދާ