ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ އިޙްތިޞާސް ތެރެއިން ވެލިނެގުމާއި ބެހޭ

ގދ.ހޯނޑެއްދޫ އިޙްތިޞާސް ތެރެއިން ވެލިނެގުމުގެ އުޞޫލާއި އެއްގޮތަށް މޫދު ސަރަޙައްދުން ވެލި ނަގަމުންދިޔަ ރަށުގެ އިރުއުތުރު ސަރަޙައްދުން ވެލިނެގުން 2023 މެއި 17 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް، ހޯނޑެއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 109 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވެއެވެ.

ވީމާ، ހޯނޑެއްދޫގެ އިޙްތިޞާސްގެ ތެރެއިން ވެލި ނެގުމުގެ އުޞޫލާއި އެއްގޮތަށް ދެން ވެލި ނެގޭނީ ރަށުގެ ދެކުނުފަރާތު މޫދުން މިއިޢުލާން އާއެކުގައިވާ ޗާޓުގައި ކަނޑައެޅިފައިވާ ސަރަޙައްދުންނެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 މޭ 2023
ހޯދާ