ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އުނިމާ ޕާކިންގ ގެ ހުސް ޖާގަތަކަށް އަލުން ކުރިމަތިލުމާ ގުޅޭ

 

 

 

                                      ނަންބަރ: HDC(161)-REM/IU/2023/257

 

                              އިޢުލާން

އުނިމާ ޕާކިންގ ގެ ހުސް ޖާގަތަކަށް އަލުން ކުރިމަތިލުމާ ގުޅޭ 

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ވެހިކަލް ޕާކު ކުރުމަށް ބޭނުންވާ ޖާގަ ހުޅުމާލެ  ރެޑްވޭވް މެގަމޯލް ފުރަގަސް، ހުރަވީ ސްކޫލް ސަރަހައްދު ކައިރީގައި ތަރައްޤީކޮށްފައިވާ އުނިމާ ޕާކިންގ ޒޯން އިން 1 (އެއް) އަހަރު ދުވަހުގެ މުއްދަތަކަށް ޖުމްލަ 10 ޕާކިން ޖާގަ ކުއްޔަށް ދިނުމަށް މިކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

ބީލަން ކުރިއަށް ގެންދިއުމުގެ މަރުހަލާތައް

ތަން

ތާރީޙާއި ގަޑި

މަރުހަލާތައް

އެގޒިބިޝަން ސެންޓަރ، އެޗް.ޑީ.ސީ ބިލްޑިންގ، ގްރައުންޑް ފްލޯރ

ތާރީޙް: 11 ޖޫން 2023 (އަންގާރަ)

ގަޑި: 13:00 އާއި 14:00 އާ ދެމެދު

ބީލަން ފޯމު ބަލައިގަތުން

ތާރީޙް: 11 ޖޫން 2023 (އަންގާރަ)

ގަޑި: 14:30

ބީލަން ފޯމު ހުޅުވުން

ބީލަން ފޯމު ހުށައެޅުމާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މި ކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރު 1516 އާ ގުޅުއްވުން އެދެމެވެ.

                    27 ޝައްވާލް 1444

                      17 މޭ 2023

 

 

17 މޭ 2023
ހޯދާ