މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭ ހުޅަގު ދެކުނުފަރާތު ބަނދަރު ސަރަޙައްދުގައި ހުރި ވެހިކަލްތަކާއި އެނޫންވެސް ތަކެތި ނެގުން

މިމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ، މާލޭ ހުޅަގު ދެކުނުފަރާތު ބަނދަރު ސަރަޙައްދުގައި ގިނައަދަދެއްގެ ވެހިކަލްތަކާއި ކޮންސްޓްރަކްޝަނަށް ބޭނުންކުރާ މެޝިނަރީ ބެހެއްޓިފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިސަރަޙައްދަކީ މިމިނިސްޓްރީގެ ބެލުމުގެދަށުގައިވާ ބިމަކަށްވާތީ، އެބިން ހުސްކޮށް ސާފުކުރަން ބޭނުންވެއެވެ.

ވީމާ، މިހާރު އެސަރަޙައްދުގައިހުރި ޢާންމު ފަރާތްތަކުގެ ވެހިކަލްތަކާއި އެނޫންވެސް ތަކެތި ޖަނަވަރީ 31 ވަނަދުވަހުގެ ކުރިން ނެންގެވުން އެދި ޢާންމުކޮށް އިޢުލާނު ކުރަމެވެ.

އަދި މިމުމައްދަތުގެ ތެރޭގައި ނުނަގާހުރި ވެހިކަލްތަކާއި އެހެނިހެން ތަކެތި މިމިނިސްޓްރީގެ ފަރާތުން ނަގާނެ ވާހަކަވެސް އަންގަމެވެ. މިގޮތުން ނެގޭ އެއްވެސް ވެހިކަލަކަށް ނުވަތަ އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިމިނިސްޓްރީން ނުއުފުލާނެ ވާހަކަ ވެސް ދެންނެވީމެވެ.

28 ރަބީޢުލްއައްވަލް 1436

19 ޖަނަވަރީ 2015
ހޯދާ