ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ކޮޅުމަޑުލު ގުރައިދޫ މިސްކިތު މުންނާރުގައި ކުލަލުމާއި ލައިޓް ހަރުކުރުމާބެހޭ

 

ކޮޅުމަޑުލު ގުރައިދޫ ސަމާޙާ މިސްކިތުގެ މުންނާރުގައި މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 28 މެއި 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރެޖިސްޓްރީ ކުރައްވަން ވާނެއެވެ.

            ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 29 މެއި 2023 ވަނަ ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 މެއި 2023 ވަނަދުވަހުގެ  14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން : 6780715

އީމެއިލް އައިޑީ : [email protected]

ބީލަން ހުޅުވުން އޮންނާނީ  08 ޖޫން 2023 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            27 ޝައްޥާލް 1444

            17 މެއި 2023

17 މޭ 2023
ހޯދާ