ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމުގެ އުޞޫލް

ހައްދުންމަތީ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމުގެ އުޞޫލް

ތަޢާރަފާއި ނަން

1. (ހ) މިއީ ލ.ކަލައިދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 15 ވަނަ ޢާއްމު ޖަލްސާއިން ފާސްކޮށްފައިވާ " ހައްދުންމަތީ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމުގެ އުޞޫލް " އެވެ.

   (ށ) މިއުސޫލަށް ކިޔާނީ " ހައްދުންމަތީ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމުގެ އުސޫލް " އެވެ.

 

އަމަލު ކުރަންފަށާ ތާރީޚް

2. (ހ) މިއުސޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލު ގެޒެޓްކުރާ ތާރީހުން ފެށިގެންނެވެ.

 ކުރީގައި ހިނގާފައިވާ ކަންކަމަށް މިއުސޫލުގައި ހިންގުން

3. (ހ) މިއުސޫލުގެ ދަށުން 2023 ޖެނުއަރީ 01 ގެ ފަހުން އުފަންވެފައިވާ ކުދިން ހިމެނޭނެއެވެ. މި އުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު މިއުސޫލުގައި ވަކިކަމެއް ލާޒިމް ކޮށްފައިވާނަމަ، އެކަމެއް މި އުޞޫލުގެ ދަށުން ހިނގާނެއެވެ.

ހަދިޔާވަށީގައި ހިމެނޭތަކެތި                  

4. (ހ) މިއުޞޫލްގެ ދަށުން ހަދިޔާ ވަށީގައި ހިމަނަންވާނީ 700-1000 ދިވެހި ރުފިޔާ އާ ދޭތެރޭ އަގުގެ އެންމެ ތުއްތު ކުދީންނަށް ބޭނުން ކުރެވޭ ޒާތުގެ ތަކެއްޗެވެ. ހަދިޔާވަށި ހުންނަން ވާނީ ޕާރުސަލު ކުރެވިފައެވެ.

ހަދިޔާ ލިބޭނެ ފަރާތް

 5. (ހ) ހަދިޔާ ލިބޭނީ އުފަންވާ ކުދީންގެ ތެރެއިން ރަށުގައި ރަޖިސްޓްރީ ކުރާ ކޮންމެ ކުއްޖަކަށް،ރަށުގައި ވިހޭނަމަވެސް ރަށުގައި ރަޖިސްޓްރީ ނުކުރާނަމަ މިއުޞޫލުގައި ނުހިމެނޭނެއެވެ. އަދި އެހެން ރަށަކަށް ރަޖިސްޓްރީކޮށް އަލުން ރަށަށް ރަޖިސްޓްރީ ކުރާ ކުދީންގެ ތެރެއިން މިހަދިޔާ ވަށި ލިބޭނީ އުމުރުން 1 އަހަރުން ދަށުގެ ކުދީންނަށެވެ. ހަދިޔާ ވަށި ހަވާލު ކުރެވޭނީ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރަޖިސްޓްރީގެ ކޮޕީ ކައުންސިލަށް ހުށަހަޅައި އެކުއްޖާ ރަށުގެ ރައްވެއްސެއްގެގޮތުގައި ރަށުގެ ގޭގެ މީހުންގެ ރަޖިސްޓްރީގައި ކުއްޖާ ހިމެނުމުންނެވެ.

  (ށ) ހަދިޔާ ވަށި ލިބޭ ފަރާތަކީ ރަށުން ބޭރުގައި ދިރިއުޅޭފަރާތެއްނަމަ ބަދަލުގައި ބެލެނެވެރިޔާ ހުށަހަޅާ ފަރާތަކަށް ހަދިޔާ ވަށި ހަވާލު ކުރެވޭނެއެވެ.

މާނަ ކުރުން

6. (ހ) ކައުންސިލް: މިއުޞޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނެނީ ލ.ކަލައިދޫ ކައުންސިލެވެ.

   (ށ) މިއުޞޫލުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގްރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

 

09 މެއި 2023

 

 

 

 

 

 

17 މޭ 2023
ހޯދާ