ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-119001

ބޭނުންވާ އަދަދު:

1 (އެކެށް)

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން)

މަޤާމުގެ ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެންފުށީ ސްކޫލް، އދ.ފެންފުށި

މުސާރަ:

ރޭންކް

މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު، ސަރވިސް އެލަވަންސް އާއި އެކު(ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރާނަމަ)

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު (6 ގަޑިއިރުގެ މަސައްކަތަށް)

1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ޖީ.އެސް 3

 5965.00 ރުފިޔާ

 271.14 ރުފިޔާ

 

45.19 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ އެކަޑެމިކް ރިލޭޓެޑް (ދަރިވަރުންނާއި މުދައްރިސުންނާއި) ހުރިހާކަމެށްކުރުން.
  2.  ދުވަހުގެ ޔައުމިއްޔާ ލިޔެ އިސްވެރިޔާ އަންގާގޮތުގެމަތިން ފައިލްކުރުން.
  3. ދަރިވަރުންގެ ރަޖިސްޓްރީގެ ޑޭޓާބޭސް އަޕްޑޭޓްކުރުން.
  4. އިސްވެރިޔާގެ މަޝްވަރާގެމަތިން އެލް.ކޭ.ޖީއަށް ކުދިންވެއްދުމަށް އިޢުލާންކޮށް ކުދިންވެއްދުމުގެ ހުރިހާކަމެށްކުރުން.
  5.  ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަށް އެއިންތިޒާމް ހަމަޖެއްސުން.
  6.  ސްކޫލުން ވަކިވާ ދަރިންވަރުން ސްކޫލްގެ ރަޖިސްޓްރީ އިން ވަކިކުރުން.
  7. ސްކޫލްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  8. ރިޕޯޓްތައް ފޮނުވުމަށް ސްޕަވައިޒަރަށް އެހީތެރިވެދިނުން.
  9. އޮފީސް ހުޅުވުމާއި ލެއްޕުން / އޮފީސް ހުޅުވަންޖެހޭ ދުވަސްތަކުގައި ޤަވާޢިދުން އޮފީހާއި ސްކޫލްގެ އެހެނިހެން އިމާރާތްތައް ހުޅުވައި އަދި ލެއްޕުން.
  10. މަސައްކަތާއި ގުޅޭގޮތުން ފައިލްކުރަންޖެހޭ ތަކެތި ފައިކޮށް ބެލެހެއްޓުން.
  11. މަސައްކަތާއި ގުޅޭގޮތުން މެއިލްކުރަންޖެހޭތަކެތި މެއިލްކޮށް މެއިލް ބަލަހައްޓާފޮތުގައި ނޯޓްކުރުން.
  12. ގުޅުންހުރި ހުރިހާ މެސެޖަކަށް ޖަވާބުދޭންޖެހޭ މުއްދަތުގައި ޖަވާބުދީ ރެކޯޑް ބެލެހެއްޓުން.
  13.  ސްޕަވައިޒަރުންނަށް އިދާރީގޮތުން އެހީތެރިވެދިނުން.
  14. ދަރިވަރުންނާއި ގުޅުން ހުރި އަޕްޑޭޓްކުރަންޖެހޭ ބައިތައް މީމީސްއަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  15.  ސްކޫލްގައި ދިމާވާ ބޮޑެތި ކަންތައްތަކާއި މަސްކަތްތަކުގައި އަދި ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  16.  މަސައްކަތައް ބޭނުންވާ ފޮތްތައް ތައްޔާރުކުރުން.
  17. މުޅި ސްކޫލް ބައިވެރިވާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ސްކޫލްގައި ވަގުތު ހޭދަކުރުން.
  18. ފައިސާގެ މަސައްކަތާއި ހަވާލުވެ ހުންނެވި މުވައްޒަފު އަފި އޮފީސް އެހެން މުވައްޒަފަކުވެސް ޗުއްޓީ ނުވަތަ ސަލާމުގައި ހުރެއްޖެ ހާލަތުގައި އިދާރީ މަސައްކަތުގެ އިތުރުން އެމުވައްޒަފެއްގެކަންކަން ބެހެލެއްޓުމާއި ހަވާލުވެ ހުންނެވި ވެރިޔާ އަންގަވާ މަސައްކަތް ކުރުން.
  19. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ރޫހް ހުރުން.
  20. އޮފީހުގެ ކަރާމަތާއި ސިއްރު ހިފެހެއްޓުން.
  21. ކަނޑައެޅިފައިވާ ދުވަސްތަކުގައި ބެލެނިވެރިންގެ ބައްދަލުމުވަށް ޙާޛިރުވެ ޔައުމިއްޔާލިޔުން.
  22. ގޫގަލް ޑްރައިވްގައި ޝެއަރކޮށްފައި ހުންނަ މަސައްކަތާއިގުޅުންހުރި ޝިޓްތައް އަޕްޑޭޓްކުރުމާއި ބެލެހެއްޓުން.
  23. ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި އަނބުރާގެނައުމުން އެތަކެތި ބަލައިގަނެ އެކަމާއިގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  24. ކަނޑައެޅޭ މަސްތަކުގައި މުސާރަދަތުރު ބޭންކަށްގޮސް ކުރަންޖެހޭ އެންމެހާކަންކަންކުރުން.
  25. ގުދަނުގައި ރައްކާކުރެވޭ ތަކެތި އެތަކެއްޗަށް ގެއްލުން ނުވާނޭހެން ރައްކާކުރުން.
  26. ދަރިވަރުންގެ ސްޓޭޝަނަރީ ވައުޗަރ އާއި ގުޅުން ހުރި ހުރިހާ މަސައްކަތެއްކުރުން.
  27.  ޕްރިންސިޕަލް އިންތިޒާމްކުރާ މީޓިންގތަކަށް ޙާޛިރުވެ ޔައިމިއްޔާލިޔުން.
  28. ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން މީގެ އިތުރުންވެސް އިދާރާއިން ރާވާގޮތެއްގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން.
  29. އިދާރީ މަސައްކަތްތަކުގައި ސްކޫލްގެ ވެރިންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  30. ތައްޔާރުކުރަންޖެހޭ ނޯޓިސް އާއި ސްލިޕް ތައްޔާރުކޮށް ޕްރިންސިޕަލްގެ ލަފާގެ މަތިން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  31. ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން
  32. ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއިގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން.
  33. މުވައްޒަފުންގެ ޙާޛިރީ ބެލެހެއްޓުން. (ދުވަހުން ދުވަހަށް އެޓެންޑެންސް މެޝިން ބަލަހައްޓައި ޑެއިލީ އެޓެންޑެންސް ޝީޓް އަޕްޑޭޓް ކުރުމާއި މީމީސް އިން މުވައްޒަފުންގެ ޙާޛިރީ އަޕްޑޭޓްކުރުން.)
  34. ސަލާމް އަދި ޗުއްޓީ ރެކޯޑް ބެލެހެއްޓުން.
  35. ބަލިވެގެންނާއި އެހެން ސަބަބުތަކާއިހުރެ ސްކޫލަށް ނާދެވޭ ޓީޗަރުންގެ ނަން ސެސަން ފެށުމުގެ ކުރިން ލީވް ރެޖިސްޓަރ ފޮތުގައު ލިޔެ ޕްރިންސިޕަލްއަށް ދިނުން.
  36. ކޮންމެ މަހެއްގެ 16 ވަނަ ދުވަހު މުވައްޒަފުންގެ ޙާޛިރީ ރިޕޯޓް ތައްޔާރުކުރުމާއި ކޮންމެ މަހެއް ނިމުމުން މުވައްޒަފުންގެ ހާޛިރީތައްޔާރުކޮށް ސޮއިކުރުވުން.
  37. ވިއުގަ ވެރިފައިލެވަލް ލެވަލްއިން ކުރަންޖެހޭ އެންމެހާކަންކަންކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ' ނުވަތަ އެއާ އެއް ފެންވަރެއްގެ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ  ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން .

ނުވަތަ،

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  3 ގެ ސެޓްފިކެޓް 3 ހާސިލުކޮށްފައިވުމާއެކު، 'ސެކެންޑަރީ  ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނޯޓް:

މަތީގައިވާ ދެވަނަ ޝަރުޠުން މަޤާމަށް ޝަރުޠު ހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ބަހުގެ ދާއިރާ' އިންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްޙާޞިލްކޮށްފައިވުމާއެކު، އެ ސަނަދުން ޖީ.އެސް. 3 ގެ ޝަރުޠުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި (އެ ސަނަދުންމަޤާމަށް ޝަރުޠު ހަމަވާކަމުގައި) ބެލޭނެއެވެ.

 

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް)

  • ނެތް

 

ޕްރިފަރޑް ޑިސިޕްލިން

  • ނެތް

 

ކޯ ޑިސިޕްލިން 

  • ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 އަސާސީ ޝަރުތު ހަމަވުމުން

30

 އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

 އިންޓަރވިއު

35

 

 

 

 

 

 

 

 

ނޯޓް:މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މޭ 2023 ގެ 13:00ގެ ކުރިން، ފެންފުށީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އެސެސްމަނޓް އޮންނާނީ، 24 މޭ 2023 އާއި 31 މޭ 2023 އާ ދެމެދު، ފެންފުށީ ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680817 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

17 މޭ 2023
ހޯދާ