މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދޯންޏެއް ކުއްޔައް ހިފުމާބެހޭ

މި ސަރވިސް ދަށުން ހިނގަމުންދާ ކ.ހިންމަފުށީ އައްސޭރިޖަލުގައި ހުކުމް ތަންފީޛު ކުރަމުންދާ މީހުންނާއި އެޖަލުގައި މަސައްކަތްކުރާ މުވައްޒަފުން މާލެއާއި ހިންމަފުށްޓާ ދޭތެރޭ ދަތުރުކުރާނެ ދޯންޏެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

29 ޖަނަވަރީ 2015

ބުރާސްފަތި

12:00

އަންދާސީހިސާބު ހުށަހެޅުއްވުން

5 ފެބުރުވަރީ 2015

ބުރާސްފަތި

12:00

28 ރަބީޢުލްއައްވަލް 1436

19 ޖަނަވަރީ 2015
ހޯދާ