މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ރޭންކް:

ޖީ.އެސް 03

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން:

ޕްރޮޖެކްޓް ޔުނިޓް / މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުއްދަތު:

6 މަސްދުވަސް

މުސާރަ:

ގަޑިއިރަކަށް 33.65 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި  އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ޕްރޮޖެކްޓްތައް އިޢުލާން ކުރުމަށް ބޭނުންވާ މަޢުލޫމާތު ޝީޓްތައް ތައްޔާރުކުރުމާއި މަސައްކަތް ކުރުމަށް ހެދޭ ކޮންޓްރެކްޓްގައި ސޮއިކުރެވޭ ހިސާބުން ފެށިގެން އަމަލީގޮތުން މަޝްރޫއުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  4. ސަރުކާރުގެ އެކި މުވައްސަސާތަކުން ހިންގާ ޕްރޮޖެކްޓުތަށް ހިނގާ ނުހިނގާ ގޮތް ބަލައި އެ މަސައްކަތް ސްޕަވައިޒްކުރުމާއި އިންސްޕެކްޝަން ހެދުން.
  5. ޕްރޮޖެކްޓް ހިނގަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތައްތޯ ބަލައި، އަދި މަސައްކަތް ކުރިއަށް ނުގޮސް ލަސްވާނަމަ އެކަން ސުޕަވައިޒަރަށް އަންގައި ސުޕަވައިޒަރުގެ ލަފައާއެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން.
  6. ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރަމުންގެންދަނީ ކަނޑައެޅިފައިވާ އެއްބަސްވުމާއި އެއްގޮތަށްތޯ ކަށަވަރުކުރުމާއި، އެއްވެސް މަސައްކަތެއް އެއްބަސްވުމާއި ޚިލާފަށްކުރިޔަށް ގެންދިޔަނުދިނުމާއި، އެފަދަކަމެއްކޮށްގެން ދިމާވާ ކަންކަމުގައި ކޮންޓްރެކްޓަރ ޒިންމާދާރުކުރުވުމަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމާއި މިފަދަ ކަންކަމުގައި ކޮންޓްރެކްޓަރުން އެއްބަސްވުމާއި ޚިލާފަށް ކުރަމުން ގެންދާ ކަންކަން ރެކޯޑްކޮށް ބެލެހެއްޓުމާއި ޕްރޮޖެކްޓްގެ މޮނިޓަރިންގ ރިޕޯރޓް ތައްޔާރުކުރުން.
  7. ކެންދޫގެ ތަރައްޤީއަށް ކައުންސިލްގެ އިދާރާއިން ހިންގާ ޕްރޮޖެކްޓުގެ މަސައްކަތަށް ބޭނުންވާ މުދާ / ތަކެތި ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން.
  8. ކައުންސިލްގެ ނިންމުންތަކާ ގުޅިގެން ޕްރޮޖެކްޓް ސެކްޝަނަށް އަންނަ މައްސަލަތަށް ކައުންސިލް ބިއުރޯއަށް ހުށަހަޅާ އެނިންމުންތަކުގެ އަޕްޑޭޓް ބެލެހެއްޓުން.
  9. އެވޯޑްކުރެވޭ މަޝްރޫޢުތަކުގެ ކޮންޓްރެކްޓް މެނޭޖްކުރުމާއި ޕްރޮޖެކްޓް ހިގަމުންދާއިރު ކޮންޓްރެކްޓަރ ހުށަހަޅާ ބިލްތައް ސަރޓިފައިކުރުން.
  10. ކައުންސިލުން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ނިމުމުން ކޮންޓްރެކްޓްގައިވާ ގޮތަށް މަސައްކަތް ނިމިފައިވޭތޯ ބަލައި އިންސްޕެކްޝަން ހެދުމާއި ބިލްތައް ވެރިފައިކުރުން.
  11. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީއެހީތެރިކަން ދިނުމާއި ހިންގާ ޕްރޮޖެކްޓްތަކުގައި ދިމާވެދާނެ ރިސްކްތައް ދެނެގަނެ ރިސްކް މެނޭޖްކުރުން.
  12. ޕްރޮޖެކްޓްތަކާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އިދާރީގޮތުން ކުރަންޖެހޭ އެންމެހާކަންކަން ރާވާ ހިންގުން.
  13. ކައުންސިލްއިދާރާގެ މަސައްކަތްތަކުގެތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްކުރުން.
  14. ކައުންސިލްގެ މަސައްކަތާއި ގުޅިގެން އެހެން ސެކްޝަންތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
  15. ހަވާލުކުރެވިފައިވާ މަސައްކަތާއިގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ،މެސެޖު ފަދަ ލިޔުންތައް ލިޔެ ފޮނުވުމާއި އޭގެ ރެކޯޑު ބެލެހެއްޓުން.

 

މަޤާމުގެ ޝަރުތު:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފަންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  4. ކުރެހުމާއި ބީއޯކިއު އާއި އަދި ޕްރޮޖެކްޓް ސްޕެސިފިކޭޝަނަށް ބަލައިގެން މަސައްކަތް ކުރަން އެނގުމާއި އެކު މަސައްކަތް ރާވާ ހިންގުމުގެ ޤާބިލުކަން ހުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުންނާއި  ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) 

https://www.csc.gov.mv/Announcement/ViewDownloads/4 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް  ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

ޖުމްލަ 

100

 

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ: 

%60 ( ފަސް ދޮޅަސް އިންސައްތަ)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

ވަޒީފާއަށްއެދޭ ފޯމް މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ން މިފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ.  

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  22 މެއި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނީ  23 މެއި  2023 އާއި  25 މެއި  2023ދެމެދު ގައި މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އެސެސްމަންޓް އަދި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

 

އިތުރު މައުލޫމާތު ހޯދުން: 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600004 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ. 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. 

16 މޭ 2023
ހޯދާ