ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަޙައްދުގައި ހުރި އިޖުތިމާއީ ބިން ބޭނުންކުރުމާއި ގުޅޭ

ރަށުގައި އެކި ސަރަޙައްދުގައިވާ ބިންތަކަކީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި ރަށުގެ ރައްޔިތުން ޒިޔާރަތްކުރާ ތަންތަނަށްވުމާއެކު އެ ބިންތައް ސާފު ތާހިރު ހިތްފަސޭހަ ތަންތަނަށް ހެދުމަށް ކައުންސިލުން މިދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޖެޓީ ސަރަޙައްދާއި "ހުއްޓޭކޮޑާ" އާއި ކައުންސިލް އިދާރާގެ ކުރިމަތީގައިވާ ހުސްބިމާއި "ހުޓުވަރުމަގު ކޮޑު" ސާފު ކުރުމުގެ މަސައްކަތް ކައުންސިލުން މިދަނީ ކުރަމުންނެވެ. މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ނަމަވެސް ބައެއް ރައްޔިތުން ކުރާ ކަންތައްތަކުން މަދުން ނަމަވެސް  އިޖުތިމާޢީ ބިންތަކުގެ ސާފުތާހިރުކަން ގެއްލިގެން ދާކަން ފާހަގަކުރެވެއެވެ. އެހެންކަމުން އިޖުތިމާއީ ބިންތަކުގައި އިވެންޓްތަކާއި ހަފްލާތައް ބާއްވަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ހުއްދަ ހޯދުމަށް ފަހުގައި ނޫނީ ބޭނުން ނުކުރުމަށް ހުރިހާ ފަރާތްތަކަށް އަންގަމެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

25   ޝައްވާލް  1444

15   މެއި     2023

15 މޭ 2023
ހޯދާ