ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޕްރޮކިއުމެންޓް އޮފިސަރ (އެމް.އެސް 1)

މަޤާމު:

ޕްރޮކިއުމެންޓް އޮފިސަރ     

މަޤާމުގެ ނަންބަރު:

J-377064

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެޑްމިން އެންޑް އެޗް.އާރް. ޔުނިޓް/ ޤައުމީ ކުތުބުޚާނާ، މާލެ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

·         ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ ލިބޭނެއެވެ.

·         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

·         ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

·         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.       35,000/- އިން ދަށުގެ މަސައްކަތްތަކަށް ކޯޓޭޝަން ހޯދުމާއި، ޕީ. އޯ ޖެހުމުގެ މަސައްކަތް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

2.      އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެއްޗަށް އިޢުލާން ތައްޔާރުކުރުމާއި އަދި މައުލޫމާތު ޝީޓް ތައްޔާރުކުރުމުގެ މަސައްކަތް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

3.      ޤައުމީ ކުތުބުޚާނާއިން ކުރުވަން ބޭނުންވާ މަސައްކަތްތަކާއި އަދި އިޢުލާންތަކާއި ގުޅިގެން ދޭންޖެހޭ މައުލޫމާތު ބައްދަލުވުންތައް ބޭއްވުމާއި، ބީލަންވެރިން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިގަތުމާއި، ޤައުމީ ކުތުބުޚާނާއިން ކުރާ އިޢުލާންތަކާއި ގުޅިގެން ލިބޭ އެސްޓިމޭޓްތައް އިވެލުއޭޓްކުރުމާއި އަދި އެކަމާއި ގުޅުންހުރި މަސައްކަތް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

4.      ޤައުމި ކުތުބުޚާނާގެ ބީލަންތައް އިވެލުއޭޓުކުރުމަށް ބިޑްކޮމެޓީއަށް ހުށަހަޅައި ކޮމެޓީގެ ސެކްރެޓޭރިއޭޓްގެ މަސައްކަތް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

5.      ޤައުމީ ކުތުބުޙާނާއިން ކުރުވާ މަސައްކަތްތަކާއި، ހޯދާ ތަކެއްޗާއި ޚިދުމަތްތަކުގެ ބިލްތައް ހޯދައި، ގުޅުންހުރި ޑޮކިއުމަންޓްތައް ހަމަކޮށް ބަޖެޓަށް ފޮނުވުން.

6.      އޮފީހަށް ގަންނަންޖެހޭތަކެތި މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް ގަތުމުގެ މަސައްކަތްކުރުން.

7.      ޕްރޮކިއުމަންޓް ޔުނިޓްގެ އެހެނިހެން އިދާރީ މަސައްކަތް ކުރުން.

8.      އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ފޮޅާ ސާފުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

9.      ސެކިއުރިޓީ ސިސްޓަމްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމާއި ސިސްޓަމަށް ދިމާވާ މައްސަލަތައް ސެކްޝަން ހެޑުގެ އެހީ ހޯދައިގެން ހައްލުކުރުން.

10.  އަލިފާން ނިއްވާ ފުޅިތަކުގެ މުއްދަތު ހަމަވޭތޯ ބެލުމާއި ރީފިލް ކުރުމަށް ފޮނުވުމުގެ މަސައްކަތް ކުރުން.

11.  އެސެޓް ރެޖިސްޓްރީގައިވާ މުދަލުގެ ތެރެއިން ހަލާކުވެގެން ނައްތާލަންޖެހޭ އެންމެހާ މުދާ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ނީލަން އުސޫލުން ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

12.  ސެޕް މެދުވެރިކޮށް ޕީއޯ ހެދުމާއި މާލިއްޔަތު ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރުން.

13.  އަހަރަކު 3 ފަހަރު ޕްރޮކިއުމަންޓްއާއި ބެހޭ ތަފްޞީލީ ރިޕޯޓެއް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.

14.  މަލްޓިމީޑީޔާ ލައިބްރަރީގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުވައި ބެލެހެއްޓުން.

15.  ޤައުމީ ކުތުބުޚާނާގެ މެންޑޭޓްގައިވާ މަސައްކަތާ ގުޅިގެން ޙަވާލު ކުރެވޭ ކަންކަން ފަރުވާތެރިކަމާއެކު ކުރުން.

16.  އިމާރާތުގައި ހަރުކުރެވިފައިވާ މޯޝަން ޑިޓެކްޓްޓަރސް އަދި އިންފްރާ ރެޑް ޑިޓެކްޝަން ސިސްޓަމަށް ދިމާވާ މައްސަލަތައް ސެކްޝަން ހެޑްއަށް އެންގުމާއިއެކު ހައްލު ކުރުމުގައި އެހީތެރިވުން.

17.  ޤައުމީ ކުތުބުޚާނާގެ މަސައްކަތްތަކާ ގުޅިގެން، ރަސްމީ ބޭނުންތަކުގައި، ރާއްޖޭގެ އެތެރޭގައި ރާއްޖޭން ބޭރަށް ކުރަންޖެހޭ އެންމެހައި ދަތުރުފަތުރުގެ އިންތިޒާމެއް ހަމަޖެއްސުން.

18.  ޤައުމީކުތުބުޚާނާއަށް ލިބޭ ތަކެއްޗާއި ބެހޭގޮތުން މާލެ/ހުޅުލެ، ކަސްޓަމުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1.      މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ/  އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން (ޕްރިފާޑް ޑިސިޕްލިން)

ބިޒްނަސް މެނޭޖްމަންޓް (ޕްރިފާޑް ޑިސިޕްލިން)

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން(ޕްރިފާޑް ޑިސިޕްލިން)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ/ ޕްރިފާޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާ ގައި ކޯ/ ޕްރިފާޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.      މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން - 30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް - 5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) – 20

އިންޓަރވިއު - 35

ނޯޓު: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 28 މެއި 2023 އާއި 22 ޖޫން 2023 އާ ދެމެދު، ޤައުމީ ކުތުބުޚާނާގެ (މިއުޒިއަމް ބިލްޑިންގ އޭ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 އަށެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 
16 މޭ 2023
ހޯދާ