މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާއެޅުމުގެ މަސައްކަތްކުރުމަށް ވަގުތީ ގޮތުން ބިން ދޫކުރުން

ގާއެޅުމުގެ މަސައްކަތްކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ދޫކުރާ ބިމުގައި އެ މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެ ލައްވަވާ ފަރާތްތަކުން " ބީލަމުގެ އުޞޫލުން މ. މަޑުއްވަރިން ވަގުތީ ބިންކުއްޔަށް ހިފުމަށްއެދޭފޯމް " ފުރިހަމަ ކުރައްވަވާ ހުށަހެޅުއްވުން އެދެމެވެ.

މިފޯމް ބަންދުނޫން ދުވަސްތަކުގައި 9:00 އިން 14:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ލިބޭނެއެވެ. ފޯމްގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވަވާ މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅުއްވާނީ 2023 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނިމާލަމަށް ދުރުވެ ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅަން ވާނީ ސިޓީ އުރައަކަށްފޯމްލައި ސީޓީއުރަ ބަންދު ކޮށްގެންނެވެ. ސިޓީ އުރަ ކަނޑާނީ 13:35 ގައި ފޯމް ހުށަހަޅަން އައި  ހުރިހާ މީހުންގެ ޙާޟިރުގައެވެ. ފޯމް ހުށަހަޅަން ބުނެފައިވާ ގަޑީގެފަހުން ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

 

ގާއެޅުމުގެ މަސައްކަތްކުރުމަށް ވަގުތީގޮތުން ދޫކުރާބިމުގެ މަޢުލޫމަތު

v       މި ބިން އޮތްތަން : މ.މަޑުއްވަރީ ފެންޕްލާންޓް އިމާރާތުގެ ދެކުނުން ، މ.މަޑުއްވަރީ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުގެ ބިމުގެ އިރުން ، ނެޓްބޯޅަ ކޯޓުގެ އިރުން ދޫކޮށްފައިވާ 3 ބިމުގެ އުތުރަށް

v       ބިމުގެ ބޮޑުމިން : 1140 އަކަފޫޓް ( ދިގު 60 ފޫޓް ، ފުޅާ 19 ފޫޓް )

v       ބިމުގައި ކުރެވޭނެ ބޭނުން : ގާއެޅުމުގެ މަސައްކަތް

v       ބިމުގެ ސިފަ : މިބިމަކީ ދިގު އަކަވާގޮތަށް އޮތް ބިމެކެވެ.

v       ބިންކުއްޔަށް ދޫކުރާ މުއްދަތު : ވަގުތީގޮތުން 1 އަހަރުގެ މުއްދަތަށް

v       ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 0.75 ލާރީގެ ރޭޓުން ޖެހޭ ޢަދަދެވެ.

ނޯޓް : މި ބިން ކުއްޔަށް ދިނުމަށްފަހު ، މުއްދަތު ހަމަވުމުން އިތުރު 1 އަހަރު ދުވަހަށް އިޢުލާންކުރުމަކާއި ނުލާ ، ބިން ލިބޭ ފަރާތާއެކު އެއްބަސްވުން ހަދައިގެން ކުރިޔަށް ގެންދިޔުމުގެ އިޙުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

ބިންކުއްޔަށް ހިފާ ފަރާތުގައި ހުންނަން ޖެހޭ ޝަރުޠު:

 

1-     ދިވެހިރާއްޖޭގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުއްޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ބިދޭސީ ވިޔަފާރިއެއް ކަމަށްވުން .

 

2-     ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބިންގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވާލުމާއި ، މަކަރާއި ހީލަތްހެދުމާއި ، ފްރޭމްގެ ކުށެއް ސާބިތުވެފައި ނުވުމާއި އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދާ ޤާނޫނީ ޝަޚްސަކަށް ނުވުން.

 

3-     އިފްލާސް ކޮށްފައިވާ ޤާނޫނީ ޝަޚްސަކަށްނުވުން.

 

ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތް :

  • ކުލީގެގޮތުގައި ހުށަހަޅާ އެއްމެބޮޑު ކުއްޔަށް %90 ( ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ހުށަހަޅާފައިވާ އެއްމެމަތީއަގަކީ  ބެންޗްމާކް ކަމަށް ބަލައިގެންނެވެ. )

 

  • ކުއްޔަށް ނެގުމަށް ހުށަހަޅާ ފަރާތުގެ މާލީތަނަވަސް ކަމަށް (ބަލާނީ ވޭތުވެދިޔަ 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓަށެވެ.) ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ހުށަހަޅާފައިވާ އެއްމެމަތީއަގަކީ  ބެންޗްމާކް ކަމަށް ބަލައިގެންނެވެ.

 

      ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15 މޭ 2023
ހޯދާ