މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫސުމީ ދަނޑުބިން ރަޖިސްޓްރީކޮށްދެވޭ މުއްދަތު އިތުރުކުރުން

ދަނޑުވެރިކަން ކުރުމަށް މިރަށުން ދޫކޮށްފައިވާ ބިންތަކުގެ ރަޖިސްޓްރީ ކޮންމެ 2 އަހަރަކުން އެއްފަހަރު އައުކުރަންޖެހޭގޮތަށް އޮތުމުގެ ސަބަބުން ދަނޑުވެރިންނަށް ދަތިވާކަން ފާހަނގަ ކުރެވޭތީ، ދަނޑުބިންތަކުގެ ރަޖިސްޓްރީ އައުކުރަންޖެހޭ މުއްދަތު 5 އަހަރަށް ވަނީ އިތުރުކުރެވިފައެވެ. އެހެންކަމުން މިހާރުގެ ރަޖިސްޓްރީތައް އައުކުރަންޖެހޭ 2 އަހަރު ދުވަހުގެ މުއްދަތު ހަމަވުމުން ދެން އައުކުރައްވާއިރު 5 އަހަރުދުވަހުގެ މުއްދަތަށް ރަޖިސްޓްރީ ހަދައިދެވޭނެއެވެ. އަދި މިހާރު މުއްދަތު ހަމަވެފައިވާ ދަނޑުބިންތަކުގެ ރަޖިސްޓްރީ އައުކުރެއްވުމަށް މި އިދާރާއަށް ހުށަހެޅުއްވުމަށް މި ފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

15 މޭ 2023
ހޯދާ