މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާދަގަނޑު ނީލަމުގައި ވިއްކާލުން

                                                  

  No: 134-PRO/I/2023/39

އިޢުލާން 

ޓީއެފްއެސް ސްކްރެޕް ނީލަމުގައި ވިއްކާލުން

           ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 125 މެޓްރިކްޓަންގެ ޓީ.އެފް.އެސް. ސްކްރެޕް އަދި 20 މެޓްރިކްޓަންގެ ދަގަނޑު ސްކްރެޕް ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ފެލިވަރުން   7942775 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ. 

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކްޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ސީލްކުރެވިފައިވާ ސިޓީ އަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ސިޓީއަކުން ނޫންގޮތަކަށް ހުށައަޅާ އަގެއް ބަލައެއް ނުގަނެވޭނެވެ.

 ނީލަން ކުރިއަށްދާނެގޮތުގެ ތަފްޞީލް

 ތާރީޙް

 ވަގުތު

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އަދި ޑިޕޮސިޓް ފައިސާދެއްކުން.

 

  • މިފްކޯ ހެޑް އްފީސް ކައުންޓަރ އިން

 

  • ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ޑިޕޮސިޓް ފައިސާ ދެއްކުމަށް އެކައުންޓް ނަންބަރ އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެ.

 21 މެއި 2023

 މެންދުރުފަހު 2:00 ގެ ކުރިން

ބައިވެރިވުމަށް ހުށައަޅަންޖެހޭ މަޢުލޫމާތު: ފުރިހަމަ ނަަން، ގުޅޭނެ ނަންބަރ، އީމެއިލް އެޑްރެސް، އައިޑީ ކާރޑް ނަންބަރ

ނީލަންކިޔުން

މިފްކޯ ހެޑް އްފީސް މީޓިންގ ރޫމް

23 މެއި 2023

 

ހެނދުނު 10:00އަށް

 

           ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/10,000 (ދިހަހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ. ޑިޕޮސިޓް ފައިސާ އެކައުންޓް ޓަރާންސްފަރ މެދުވެރިކޮށް ދެއްކެވޭނެއެވެ.  ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އަންގާ އެގްރިމެންޓް ސޮއިކުރާތާ 07 ދުވަހުގެ ތެރޭގައި ، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެގްރިމެންޓް ބާތިލްކޮށް އަދި ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރާ ނުލިބޭނެއެވެ. އަދި ދެން އެންމެ ރަގަނޅު އަގެއް ހުށަޢެޅި ފަރާތަކަށް ނީލަމުގައި ވިއްކާލެވޭ މުދާ ހަވާލުކުރުމުގެ ފުރުސަތު މި ކުންފުންޏަށް ލިބިގެން ވެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަބުރާ ލިބޭނެއެވެ.

15 މެއި 2023

 

ނީލަން ހުށަހަޅާ ތަން:     މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް

                     389 ނަންބަރު ކޮށި / މާފަންނު

                       ހިލާލީ މަގު / މާލެ

އިތުރު މަޢުލޫމާތު:7666326

 

 

15 މޭ 2023
ހޯދާ