ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1                 

ރޭންކް: އެސް.އެސް. 1

ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނަޑެއްލާ ސްކޫލް

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނަޑެއްލާ ސްކޫލް

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1. ސްކޫލުގެ ގޯތިތެރެއާއި، މަގުމައްޗާއި، ކްލާސްތައް ސާފުކޮށް ބެލެހެއްޓުން:

  • ހަމަޖެހިފައިވާ އުސޫލުން ސްކޫލު ގޯތިތެރެއާއި މަގުމަތިން ހަވާލު ކުރެވިފައިވާ ސަރަޙައްދު ކުނިކަހައި ސާފުކުރުން.
  • ކްލާސްތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • ހަވާލުކުރެވިފައިވާ ކްލާސްތަކުގައިވާ ފަރުނީޗަރުތައް ހިރަފުސްފޮޅައި ސާފުކޮށް ތަރުތީބުކުރުން.
  • ފަހު ދަންފަޅި ނިމުމުން، ކްލާސްތަކުގެ އެންމެހައި ކުޑަދޮރުތައް ހުރީ ތަންޑުއެޅުވިފައިކަން ކަށަވަރުކުރުމާއި، ބޮޑުދޮރު ލައްޕާފައި ބެހެއްޓުން.
  • ހަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން ވަގުތުން އިސްވެރިޔަކަށް އެންގުން.

2. ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން:

  • ސްޓާފްރޫމް މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކުރުން.
  • ސްޓާފްރޫމާއި، ކޮމްޕިޔުޓަރ ލެބާއި، ލައިބްރަރީގައިވާ ފަރުނީޗަރުތައް، މަދުވެގެން ހަފުތާއަކު ދެފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
  • އޮފީސް ޢިމާރާތާއި ޕްރިންސިޕަލް ކެބިން، މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކޮށް މޮޕްއެޅުން.
  • އޮފީސް ޢިމާރާތުގައްޔާއި ޕްރިންސިޕަލް ކެބިންގައިވާ ފަރުނީޗަރުތައް، މަދުވެގެން ހަފުތާއަކު ދެފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
  • ސްކޫލުގެ ފާޚާނާބަރި ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ އެހެނިހެން ޢިމާރާތްތައް، ސްޕަވައިޒަރު އަންގައިފި ޙާލަތެއްގައި އެއެންގި އުސޫލަކުން ސާފުކުރުން.

 3. ސްކޫލުގެ މުވައްޒަފުންނަށް ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެހީތެރިވުން:

  • މުދައްރިސުންނާއި އިދާރީ މުވައްޒަފުން ސްކޫލާއި ގުޅުންހުރި މަސައްކަތެއްކޮށްދިނުމަށް އެދިއްޖެނަމަ، އެއެދުނު ކަމެއް ކޮށްދިނުން. މީގެ ތެރޭގައި ހިމެނެނީ މުދައްރިސުން ދެއްވާ ސްލިޕްކޮޅުތައް ބެހުމާއި، އިދާރީ މުވައްޒަފުން ހަވާލުކުރާ އިޢުލާންތައް ސްކޫލާއި ރަށުގެ ތަންތަނުގައި ހަރުކުރުމާއި، އިދާރާއިން އެދިއްޖެ ޙާލަތެއްގައި ބެލެނިވެރިންނަށް ދޭން ބޭނުންވާ މެސެޖް ރައްދުކޮށްދިނުންފަދަ ކަންކަމެވެ.

4. އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން:

  • ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވައިގެން ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ޙާލަތެއްގައި، އެކަމެއްގައި ޢާމަލީގޮތުން ބައިވެރިވެ، އެކަމެއް ކާމިޔާބުކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުމާއި، އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ، އެ ހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚުގައި އެކަމެއް ބާއްވައިގެން ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  • ސްކޫލުގައި ފާހަގަކު ރާދުވަސްތަކާއި މުނާސަބަތުތަކުގައި ހަވާލުކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށް ނިންމުން.

5. މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން

  • ހަވާލުކުރެވިފައިވާ މަސައްކަތެއް ހަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާއިހުރެ ނިންމުމަށް ޢުޒުރުވެރިވެއްޖެނަމަ، އެކަން ކުރިޔާލައި ސްޕަވައިޒަރަށް އަންގައި، ސްޕަވައިޒަރުގެ ލަފާގެމަތިން ދެން ކުރިއަށްދާންވީ ކިހިނެއްތޯ ބަލައިގެން އެގޮތަކަށް ޢަމަލުކުރުން.
  • ޗުއްޓީއާއި، ސަލާމާއި، ޢާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު، ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ، ނިކުންނަތާ ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމުން.

6. ބަދަލު އިންތިޒާމް:

  • އޮފީހުގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާކަމެއް އެ މުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރަން ރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން.

7. އެހެނިހެން  މަސައްކަތްތައް:

  • ހަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ ގަސްތައް ކޮށަންޖެހިއްޖެ ޙާލަތެއްގައި ކޮށުން.
  • ހަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ ވިނަނޮޅަން ޖެހޭތަނެއްވާނަމަ ވިނަނޮޅުން.
  • ހަވާލުކުރެވޭ ސަރަޙައްދުގައިވާ ދިޔަދޮވިތަކާއި ފުރާޅު ސާފުކުރަން ޖެހިއްޖެ ޙާލަތެއްގައި ސާފުކުރުން.
  • ފެންތާނގީތައް ސާފުކުރަން ޖެހިއްޖެ ޙާލަތެއްގައި ސާފުކޮށް ފެންނެގުން.
  • ސްކޫލުން މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ޚިދުމަތެއް ފޯރުކޮށްދޭން އެންގިއްޖެ ޙާލަތެއްގައި، އެ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން.
  • ފޯރުކޮށްދޭ ޚިދުމަތަކީ ސްކޫލަށް އެންމެ ފައިދާހުރިގޮތުގައި ޚަރަދުކުޑަކޮށް ފޯރުކޮށްދެވުނު ޚިދުމަތެއްކަން ކަށަވަރުކުރުން.
  • ސްކޫލުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، އެކުގައި މަސައްކަތްކުރާ އެހެނިހެން ފަރުދުންނާ ގާތް ގުޅުމެއް ބާއްވައި އިޙުތިރާމްކުރުން.
  • ކިޔެވުން އޮންނަ ދުވަސްތަކުގައި ހަވާލުކުރެވިފައިވާ ތާވަލާ އެއްގޮތަށް ބެލް ޖެހުން.
 

ޝަރުޠު:                                               

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު.
  • ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ.
  • ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤް.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކޮށްގެން ލިބޭ މާކްސް.

އިންޓަވިއުކުރުން:

ހ. މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، މަޤާމަށް އެދެންވީ ސުންގަޑި ހަމަވާތާ ލަސްވެގެން 3 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، ނަޑެއްލާ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv)  ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ގދ. ނަޑެއްލާ ސްކޫލުގެ ކައުންޓަރަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 1 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނަޑެއްލާ ސްކޫލުގެ ނަންބަރު 7983088 ނުވަތަ 6840064 ފޯނަށް ގުޅުން އެދެމެވެ.

 1 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015
ހޯދާ