މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ގުރައިދޫ ޔޫތު ސެންޓަރު އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

އިޢުލާން

            

                   ކ. ގުރައިދޫ ޔޫތު ސެންޓަރު އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)338-AHR/338/2023/11 އިޢުލާނާއި ގުޅިގެން މަސައްކަތުގެ ސްކޯޕަށް ބަދަލުތަކެއް އައިސްފައިވާތީ މަޢުލޫމާތު ޝީޓަށް ބަދަލުގެނައުމަށް އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

                   ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 08:30 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރެއްވުމަށް 150 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

 އަދި 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކ. ގުރައިދޫ ޔޫތު ސެންޓަރުގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މެއި 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 08:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަދި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ތަފްސީލު

ތާރީޚް

ދުވަސް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީ ކުރުން

18 މެއި 2023 ގެ 08:30 ގެ ކުރިން

ބުރާސްފަތި

08:30

 

މަޢުލޫމާތު ސެޝަން

18 މެއި 2023

ބުރާސްފަތި

13:00

ޔޫތު ސެންޓަރ

އަންދާސީ ހިސާބު ހުށަހެޅުން

29 މެއި 2023

ހޯމަ

08:30

ކ. ގުރައިދޫ ކައުންސިލް

 

 

 

 

 

 

 

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ވިޔަފާރީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 28 މެއި 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

14 މޭ 2023
ހޯދާ