ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިމަރަފުށީ ޞިއްޙީމަރުކަޒު

  ‎‏ތ. ތިމަރަފުށި،  ދިވެހިރާއްޖެ‏    

         

އިއުލާން


މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-379021

ބޭނުންވާ އަދަދު:

1 (އެކެއް)   

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ.ތިމަރަފުށީ ސިއްޙީމަރުކަޒު

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން..
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  5. ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު -/900ރ ރުފިޔާ

                 

                               

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހި ސިވިލް ސާރވިސް ވެބްސައިޓް ގަވައިދުން ބަލާ ދިވެހި ސިވިލް ސާރވިސް ޤާނޫނާއި ގަވައިދަށް އަންނަ ބަދަލުތަށް ބަލައި މުވައްޒަފުން އަހުލުވެރިކުރުމާއި، އަބަދުވެސް ދިވެހި ސިވިލް ސާރވިސްއިން އެއްމެފަހުން އާއްމުކުރާ ފޯމު، އުސޫލުތައް، ޕަބުލިކޭޝަންސް އަދި އައްޔަނު ކުރުމުގެ އުސޫލުތަކާ އެއްގޮތަށް މަރުކަޒުގެ މަސައްކަތްތައް ރޭވުމާއި އެކު ދެންނެވި ކަންކަމާއި ހިލާފައްހުރި ކަނަންކަން ފާހަގަކޮށް އިސްވެރިންގެ ސަމާލުކަމަށްގެނެސް އެކަންކަން އިސްލާހުކުރުމަށް މަސައްކަތްކުރުން
  2. ‏‏ވަޒީފާތަކަށް މީހުންލެއްވުމާއި، ވަޒީފާ ބަދަލު ކުރުމާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ޒިންމާދުވެރިޔާގެ ‏‏ބެލުމުގެ ދަށުން ކުރިއަށް ގެންދިއުން‏
  3. ވަޒީފާއިން ވަކިކުރުމާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ޒިންމާދުވެރިޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުން
  4. ‏މުވައްޒަފުންނަށް އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުން، ޒިންމާދުވެރިޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުން‏
  5. ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްބަލާ ސްޕަވައިޒްކުރުމާއި އެމުވައްޒަފުންލައްވާ މަސައްކަތް ކުރުވުން‏
  6. ޞިއްޙީމަރުކަޒުގެ އެންމެހާ ތަކެތީގެ އިންވެންޓްރީ ޤަވާއިދުން ބެހެލެހެއްޓުން‏‎
  7. ‏‏ސީއްޙީމަރުކަޒުން ބައުވެ ނައްތާލަންޖެހޭ ތަކެތި ގަވައިދުން ނައްތާލުން. ނީލަން ކިޔޭފަދަ ހާލުގައިވާ ތަކެތި ގަވައިދުން ‏‏ނީލަން ކިޔުން‏
  8. މަރުކަޒުގެ މުވައްޒަފުންގެ ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން‏‎.‎
  9. ޞިއްޙީމަރުކަޒަށް ރައިސޫލް ޖުމްހޫރިއްޔާ ސިޔާސީ ގޮތުން އައްޔަނުކުރެވިފައިވާ ފަރާތްތަކުގެ ޗުއްޓީ ރެކޯޑްސް ‏‏ބެލެހެއްޓުން‏‎.‎
  10. ‏‏ޕާރސަނަލް އެޕްރެއިސަލް (ޕީ.އޭ) ގެ އެންމެހާ ކަންތައް ވިއުގަ މެދުވެރިކޮށް ކުރުން‏
  11. މަރުކަޒުގެ މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ބެލެހެއްޓުން.
  12. ‏‏މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން‏
  13. އަލަށް ނެގޭ މުވައްޒަފުންނަށް ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް މުވައްޒަފު ވަޒީފާއަށް ނިކުންނަ ތާރީޚުން ‏‏ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ހިންގުން‏
  14. ޕޭލީވް އަދި ނޯޕޭ ލީވްއާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން އަދި ވިއުގައަށް ރިކޯރޑްސް އަޕްޑޭޓް ކުރުން
  15. ‏މަރުކަޒަށް‏‎ ‎‏ލިބޭ ލިޔެކިޔުންތައް ފައިލްކޮށް ޤަވާއިދުން ބެލެހެއްޓުން‏
  16. ސިއްޙީމަރުކަޒުގެ ސެކިއުރިޓީ އެންޑް ޓްރާންސްޕޯޓް ސެކްޝަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ އެންމެހާ ކަންތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  17. ‏މަންތްލީ ރިޕޯރޓްސް އޮފް އެކްޓިވިޓީސް ރިޕޯރޓް، ޑެތް ސާރޓިފިކޭޝަން ޑިކްލަރޭޝަން ރިޕޯރޓް، މަންތްލީ ‏‏އިންޕޭޝަންޓް ރިޕޯރޓް ކޮންމެ މަހަކު އެއްފަހަރު ތައްޔާރުކުރުމާއި، ކޮންމެ ހަމަހުން އެއްފަހަރު އެޗް.އާރު އެންޑް ބެޑް ‏‏ޑާޓާ ރިޕޯރޓް ގަވާއިދުން ތައްޔާރުކުރުމާއި ފޮނުވުން‏‎.‎
  18. ޕަބްލިކް ހެލްތް ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒު ކުރައްވާ ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތް ނިންމުމަށް ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދިނުން.
  19. ‏‏ގެމެން ޕޯރޓަލްއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން އަދި ވިހާ މަރުމާ މީހުންގެ ރިކޯރޑް ތައް ‏‏ޤަވާއިދުން ބެލެހެއްޓުން‏
  20. ވިނަވި ޕޯރޓަލްއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން އަލަށް ވަޒީފާ ހަމަޖެހޭ މުވައްޒަފުންނަށް ‏‏ވިނަވި ޕޯރޓަލްގައި ރަޖިސްޓަރީ ކުރުވުމާއި، އެޗް، އައި، އެސް ޔުސަރ އެކައުންޓް ކުރިއޭޓް ކޮށްދިނުން
  21.  ‏އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން‏‎.‎
  22. ޞިއްހީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން‏

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ތަޢުލީމީ ރޮނގު(ތައް):

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން(ތައް) :

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ކޯ ޑިސިޕްލިން(ތައް):

  • ނެތް

ގުޅޭވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 މޭ 2023ވާ ބުދަދުވަހުގެ 13:00   ގެ ކުރިން، ތ.ތިމަރަފުށީ ސިއްޙީމަރުކަޒުގެ  އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި މިޢިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ، 30 މޭ 2023 އާއި 10 ޖޫން 2023  އާއި ދެމެދު ތ.ތިމަރަފުށީ ސިއްޙީމަރުކަޒުގެ އޮފީހުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާއިން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6780503) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

14 މޭ 2023

14 މޭ 2023
ހޯދާ