ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ. ގައްދޫ މެޖިސްޓްރޭޓްކޯޓްގެ ޢިމާރާތް މަރާމާތު ކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމާއި ގުޅޭ.

އިޢުލާން

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް މާރާމާތް ކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 25 އެޕްރީލް 2023ގައި ކުރެވުނު މިކޯޓުގެ ނަންބަރ: Q4C-A/2023/6  ޢިއުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފާހަނގަ ވާތީ އެއިއުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29  މެއި  2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00އަށް ގދ. ގައްދޫ  މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށައެޅުއްވުން އެދެމެވެ.

            ބިޑް ހުށަހަޅުއްވަން ވާނީ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ތައްޔާރުކޮށް ފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށް ދެވޭނެއެވެ.

  1. ބިޑްގައި ރަޖިސްޓްރީވުން 14 މެއި  2023 ވާ އާދީއްތަ ދުވަހުން ފެށިގެން  21 މެއި 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން  މެންދުރު ފަހު 13:00 އާއި ދެމެދު ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.
  2. ބިޑާއި މެދު ސުވާލް  ކަރުދާސް ހުށަޙެޅުން 23 މެއި 2023 ދުވަހުގެ 12:00ގެ ކުރިން ހުށްހެޅުން
  3. މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލު ވުން 25 މެއި 2023ވާ އާދީއްތަ ދުވަހު ގެ ހެދުނު 10:30ގައި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެ އެވެ.
  4. މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން 29 މެއި 2023ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެ އެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައި ނުގަނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެ އެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތް ތަކުން 6840130 އަށް ގުޅުއްވައިގެން ނުވަތަ [email protected] އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                      24 ޝައްވާލް  1444

                      14 މެއި     2023  

14 މޭ 2023
ހޯދާ