މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމިއްޔަތު ތަޙްފީޡިލް ޤުރްއާނިލް ކަރީމުން ހިންގާ ޙިފްޡު ޕްރޮގްރާމާއި ގުޅޭ!

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްގައި ރަޖިސްޓްރީކޮށްގެން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ޖަމިއްޔަތު ތަޙްފީޡިލް ޤުރްއާނިލް ކަރީމުން އަތޮޅު ކައުންސިލްތަކާއި ގުޅިގެން 2023 ޖޫން މަހު ހިންގުމަށް ހަމަޖެހިފައިވާ ޙިފްޡު ޕްރޮގްރާމަށް ކޮންމެ އަތޮޅަކުން 17 ބައިވެރިން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

8 އަހަރުން މަތީގެ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން އޮންލައިންކޮށް ހިންގުމަށް ހަމަޖެހިފައިވާ މި ޙިފްޡު ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6580026 އާ ގުޅުއްވާ ނަން ނޯޓްކުރެއްވުން އެދެމެވެ. ނުވަތަ ޙިފްޡު ޕްރޮގްރާމްގައި ބައިވެރިވާން ނަންނޯޓް ކުރުމަށްކަން ބަޔާންކޮށް ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު، މޮބައިލް ނަންބަރު، އަދި އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މިއިދާރާގެ މެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓްކުރުމުގެ ސުންގަޑިއަކީ 2023 މެއި 21 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. މިޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ޢާއްމުކުރީމެވެ.

14 މޭ 2023
ހޯދާ