މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޏ. ފުވައްމުލައް ފިޝް ކަލެކްޝަން ސެެންޓަރުގެ ސިވިލް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރު: 134-PRO/I/2023/40

ތާރީޚް: 14 މެއި 2023

 

ޏ. ފުވައްމުލައް ފިޝް ކަލެކްޝަން ސެެންޓަރުގެ ސިވިލް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގެ ނަންބަރ އިޢުލާން 134-PROC/I/2023/38 (30 މެއި) ގައި މިފްކޯގެ ފަރާތުން ޏ.ފުވައްމުލަކުގެ ފިޝް ކަލެކްޝަން ސެންޓަރުގެ ސިވިލް މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ޢިއުލާނަށް ލިބިފައިވާ ތަރުހީބު ކުޑަކަމަށް ފެންނާތީވެ އިޢުލާން ކެންސަލްކޮށް އަލުން އިޢުލާނުކުރަމެވެ.

މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ ފަރާތުން ޏ.ފުވައްމުލަކުގެ ފިޝް ކަލެކްޝަން ސެންޓަރުގެ ސިވިލް މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

ތާރީޙް

ވަގުތު

މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ  ކުރުން (އޮންލައިންކޮށް)

އީމެއިލް މެދުވެރިކޮށް [email protected]

17 މެއި 2023

ހެނދުނު 10:00ގެ ކުރިން

މަޢުލޫމާތު ދިނުމުގެ ސެޝަން

މިފްކޯ ހެޑް އޮފީސް / މީޓިން ރޫމްގައި

17 މެއި 2023

ހެނދުނު 11:00 ގައި

 ބީލަން ހުށަހެޅުން

  އީމެއިލް މެދުވެރިކޮށް

 [email protected]

22 މެއި 2023

މެންދުރު 01:00ގެ ކުރިން

ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީ ކުރުން

އީމެއިލް މެދުވެރިކޮށް [email protected]

22 މެއި 2023

މެންދުރު 01:00ގެ ކުރިން

ބީލަން ހުޅުވުން

 މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

22 މެއި 2023

މެންދުރުފަހު  02:00ގައި

 

މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައާއި ބީލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ  [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

- އީމެއިލް އެޑްރެސް

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

 

 

 

14 މޭ 2023
ހޯދާ