ދިވެހިރާއްޖެ
ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓު އެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ދޫކުރަން ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. މި ބިން އޮތީ ، މިރަށު ފިފްޓީފުލާވާގެ އިރުމަތިން ގިރިޓީގެއާއި ސީރީފް އޭ ކިޔާ ގޯތީގެ ދެކުނުން ބޮޑުމަގުގެ ހުޅަނގުގައެވެ. މި ސަރަޙައްދުގައި ހުރި ރުއްގަސް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުން ނަމްބަރެއް ޖަހާފައި ހުންނާނެއެވެ. ވީމާ، މިސަރަޙައްދުގައި ނަމްބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތެއް ވާނަމަ 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް އަންގަވާދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މިސަރަޙައްދުގައި ދޮންކޭލާ، ފަޅޯފަދަ މޫސުމީ ދަނޑުވެރިކަމުގެ ބައެއް ބާވަތުގެ ގަސް ހުރުމާއެކު މި ތަކެތީގެ ވެރިންވެސް މިފަދަ ގަސް އެތަނުން ނެންގެވުން އެދެމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600005 އަށެވެ.
މިހެންވެ މިކަން ޢާއްްމުކޮށް އަންގާ އިޢުލާން ކުރީމެވެ.