އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓާންޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު

ތާރީޚް: 11 މެއި 2023

ނަންބަރު: IUL)486-AP/486/2023/1)

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

އިންޓާން

ބޭނުންވާ އަދަދު

1 (އެކެއް)

މުއްދަތު:

2023 ނޮވެމްބަރ 17ގެ ނިޔަލަށް

މަސައްކަތްކުރަންޖެހޭ ތަން:

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް

މަސައްކަތުގެ ވަގުތު:

ހެނދުނު 08:00 އިން މެންދުރުފަހު 14:00އަށް

ފެންވަރު ނުވަތަ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން
  • މީލާދީގޮތުން 18 އަހަރު ފުރި 55 އަހަރު ފުރިފައިވާ މީހަކަށް ނުވުން
  • އޯލެވެލް އިނގިރޭސި ހިމެނޭހެން 03 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ސާނަވީ "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

މަސައްކަތުގެ އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300/- (ތިން ސަތޭކަ ރުފިޔާ)ގެ ރޭޓުން

މައިގަނޑު މަސައްކަތް:

  • އޮފީހުން ބަލާ މައްސަލަތަކާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ތަޙްޤީޤުތަކާގުޅޭ ލިޔުންތައް ލިޔެ އެކި ފަރާތްތަކަށް ފޮނުވުމާއި، ތަޙުޤީޤަށް ހާޟިރުވާ ފަރާތްތަކުގެ ބަޔާންތައް ލިޔުމާއި އެކަމާގުޅުންހުރި މަސައްކަތްކުރުން.
  • އޮފީހުން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
  • އޮފީހުން ތަޙްޤީޤްކުރާ މައްސަލަތަކުގެ އިދާރީ މަސައްކަތްކުރުން.
  • އޮފީހުގެ އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.
 

އިންޓާންޝިޕްއަށް އެދި ހުށަހެޅުން

މިއޮފީހުގެ އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 މޭ 2023 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected]  އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް: 

  1. އިންޓާންޝިޕްގެ ފުރުސަތަށް އެދި ހުށަހަޅާ ސިޓީ
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

އެހެނިހެން:

  1. މިޢިއުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.
  2. މިއޮފީހުން އެދޭ ފެންވަރަށް މިއިންޓާރންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އޮފީހުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް މީހުން ނެގުމުގައި އިސްކަންދެވޭނެއެވެ.
  3. މަތީގައިވާ މަޤާމުގެ ޕްރެކްޓިކަލް އަދި އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ފުރުޞަތު ނުދެވޭނެ އެވެ.
  4. އިންޓާނުންގެ ގޮތުގައި ވަޒީފާއަށް ހޮވޭ ފަރާތްތަކުން ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން މި އިޢްލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 13:00 އާ ދެމެދު މި އޮފީހުގެ ނަންބަރު 3039900 ފޯނަށް ގުޅުއްވުން ނުވަތަ [email protected]  އިމެއިލަށް ލިޔުއްވުން އެދެމެވެ.

 

                                  21 ޝައްވާލް 1444

11 މޭ 2023
ހޯދާ