ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
މި ކޯޓަށް ކޮންޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް، ރެކްމައުންޓް ޔޫ.ޕީ.އެސް އަދި މަލްޓިފަންކްޝަން ކުލަ ޕްރިންޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މި ކޯޓަށް ކޮންޕިއުޓަރ ސިސްޓަމް (ޑެސްކްޓޮޕް–ޑުއަލް މޮނިޓަރ)، ލެޕްޓޮޕް، ރެކްމައުންޓް ޔޫ.ޕީ.އެސް އަދި މަލްޓިފަންކްޝަން ކުލަ ޕްރިންޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު (IUL)197-A3/1/2023/12 (09 އޭޕްރީލް 2023) އިޢުލާނާ ގުޅިގެން، ހުށަހެޅި އަންދާސީހިސާބުތަކުގައި، ބައެއް އައިޓަމްތައް މަޢުލޫމާތު ޝީޓުގައިވާ މިނިމަމް ސްޕެސިފިކޭޝަންއާ ދިމާނުވާތީ އާއި ބައެއް އައިޓަމްތަކަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އައިޓަމްތަކަށް އަލުން އިޢުލާނު ކުރަމެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 މޭ 2023 ވާ ހޯމަ ދުވަހު 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

https://supremecourt.mv/storage/mv/media/iulaan/information-sheet-iul-17-10-05-2023.pdf

އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ
22 މޭ 2023 ވަނަ ދުވަހުގެ 09:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުސަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

11 މޭ 2023
ހޯދާ