ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ކުޑަކުދިންގެ ޕާކުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ރަށްވެހި ޕާކުގެ އިރުން މިކައުންސިލުން ތަރައްޤީ ކުރަމުންދާ ކުޑަކުދިންގެ ޕާކުގައި ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

#

ކުރަންޖެހޭ މަސައްކަތް

1

ކުޑަކުދިންގެ ޕާކުގެ ވޯކުވޭގައި ކައުންސިލުން ގައު ދިނުމުން ގައު އަތުރާ ވޯކްވޭ ނިންމުން.

2

ކައުންސިލުން ކޭބަލް އާއި ލައިޓް ދިނުމުން ކުޑަކުދިންގެ ޕާކަށް ކަރަންޓްލައި ކުރެހުމާ އެއްގޮތަށް ލައިޓްތައް ހަރުކޮށް ދިއްލުން

3

ކައުންސިލުން ދޭ ކުރެހުމާ އެއްގޮތަށް ކުޑަކުދިންގެ ޕާކުގައި ފެންވަޔަރިންގެ މަސައްކަތްކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

#

ޙަރަކާތް

ތާރީޚް

ސުންގަޑި

ތަން

1

މަޢުލޫމާތު  ދިނުމާއި ބިޑް ފޯމް ދޫކުރުން 

16 މެއި 2023 (އަންގާރަ)

13:00

ހޯރަފުށީ ކައުންސިލްގެ އިދާރާ

2

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

18 މެއި 2023 (ބުރާސްފަތި)

13:00

ހޯރަފުށީ ކައުންސިލްގެ އިދާރާ

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        21 ޝައްވާލު 1444

11 މޭ 2023
ހޯދާ