މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑައިރެކްޓަރ، ޕްރޮޖެކްޓްސް

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓަންޓް ޑައިރެކްޓަރ، ޕްރޮޖެކްޓްސް

މަޤާމުގެ ގިންތި:

ދާއިމީ   

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 7 ވަނަ ފަންގިފިލާ، މ. އައިރިސް، ފަރީދީ ގޯޅި، ކ. މާލެ

މުސާރަ:

ޖުމްލަ މުސާރަ:  15,760.00 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއެކު، މަދުވެގެން 2  އަހަރުގެ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން ނުވަތަ،
  2. މެނޭޖްމެންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަންޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  މަދުވެގެން 5  އަހަރުގެ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން.
  3. މިކޯޕަރޭޝަނަކީ ފަތުރުވެރިކަމާއި ގުޅުންހުރި ތަފާތު ދާއިރާތަކުގެ މަސައްކަތްތައް ހިންގަމުން ގެންދާ ކުންފުންޏަކަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާޞިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް / މަސްޢޫލިއްޔަތުތައް

  1. ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލު ޕްލޭނެއް އެކުލަވައިލުން.
  2. ޕްރޮޖެކްޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓް ހިންގައި ކުރިއަށް ގެންދިއުން.
  3. ޕްރޮޖެކްޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓް ހިންގައި ކުރިއަށް ގެންދިއުން.
  4. ޕްރޮޖެކްޓްގައި ހިނގަމުންދާ މަސައްކަތްތަކާއި ލިޔެކިއުންތައް ރިކޯޑުކޮށް ބެލެހެއްޓުން.
  5. ޕްރޮޖެކްޓުތަކުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކަށް، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ޙައްލު ހޯދުން.
  6. ހުރިހާ ރިޕޯޓުތައް އަޕްޑޭޓްކޯށް ކަނޑައެޅިފައިވާ ޓައިމްލައިންގައި ބެލެހެއްޓުން.
  7. ޕްރޮޖެކްޓް ތަކުގެ ކޮންސްޓްރަކްޝަން އާއި މެއިންޓަނަންސް އާއި ގުޅުންހުރި ކަންތައްތައް އެކުލަވާލައި ރާވާ ބެލެހެއްޓުން.
  8. މަސައްކަތްތަކަށް ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތައް ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ބަލައި ޔަގީންކުރުން.
  9. ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ތިމާވެށީގެ ގަވާއިދުތަކާއި އެއްގޮތަށްކަން ބަލައި ޔަގީންކުރުން.

10. ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެހެން ޑިޕާޓްމަންޓްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި އިރުޝާދު ހޯދުން.

11. ޕްރޮޖެކްޓް ތަކަށް ބޭނުންވާ ބަޖެޓާއި ކޯސްޓް ޓްރެކިންގ ރިޕޯޓުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުން.

12. ޑިޕާޓުމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހުން ކުރިއަށްގެންދިއުމުގައި، އެހީތެރިކަން ފޯރުކޮށްދިނުމާއެކު ސީނިއަރ މެނޭޖްމަންޓުން ހަވާލުކުރާ ކަންކަން، އިރުޝާދާ އެއްގޮތަށް ކުރުން.

13. މި ކޯޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭ އެންމެހާ ކަންކަމެއްގައި،  ކޯޕަރޭޝަންގެ އެހެން ޑިޕާޓްމަންޓް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. 

އިތުރު މަޢުލޫމާތު

  1. މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި، ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު ޝައުޤުވެރިކަމާއެކު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށް އިސްކަންދެވޭނެއެވެ.
  2. އެޕްލިކޭޝަންތައް ދިރާސާކުރުމަށްފަހު، އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  3. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު، ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި، މި ކޯޕަރޭޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  5. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  6. 03 މަސް ހަމަނުވާ ޕޮލިސް ކްލިއަރެންސް ރިޕޯޓް

ސުންގަޑި:

މަތީގައި ދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީހަށް ޕްރިންޓަޑް އެޕްލިކޭޝަން ނުވަތަ ސްކޭން ޑޮކިޔުމަންޓްތައް، މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.

 

11 މޭ 2023
ހޯދާ