ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
2023-2024 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

 

 އިއުލާން

2024-2023 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2023-2024 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލަނީ ތިރީގައިވާ ތާވަލް އެއްގޮތަށެވެ.

ގުރޭޑު

2024-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް. ކޭ. ޖީ

 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ. ކޭ. ޖީ

އެލް. ކޭ. ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ގުރޭޑު 1

 2 އަހަރުގެ ޕްރީސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން

 

ވީމާ،2023 ޖޫން 08 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "2023-2024 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2023 މޭ 14 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 މޭ 2023
ހޯދާ