މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު

ޢިޢުލާން

ކޯޓޭޝަން ހުށައެޅުމުގެ ދައުވަތު:

                މިރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް،ޓީ،ސީ،ސީ)އިން ފެށުމަށް ތާވަލް ކުރެވިފައިވާތީ، މިޕްރޮޖެކްޓްގެ މަސައްކަތް

ކުރުމަށް އެކުންފުނީގެ ފަރާތުން އަންނަ މުވައްޒަފުން ތިބުމަށްޓަކައި 3ކޮޓަރި،3 ފާހާނާ، ސިޓިންގްރޫމް، ބަދިގެ އަދި ކާތަން ހިމެނޭގޮތަށް، 6މަސް ދުވަހުގެ މުއްދަތަކަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. އަދި މި މުއްދަތުގައި ސައިޓް ސްޕަވައިޒަރ

ހުރުމަށްޓަކައިވެސް އިތުރު 1 ކޮޓަރި ބޭނުންވެއެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 14 މެއި 2023 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، އެފަރާތެއްގެ ކޯޓޭޝަން މި ކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. ކޯޓޭޝަން އީމެއިލް ކުރައްވަން

ބޭނުންފުޅުވެލައްވާނަމަ [email protected]  އަށް، މަތީގައި ދެންނެވިފައިވާ ތާރީޙާއި ގަޑީގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

               މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ކައުންސިލް އިދާރާގެ ނަންބަރ 6580049 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

10 މޭ 2023
ހޯދާ