މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ތައުޒިޔާގެ ދަފްތަރު ހުޅުވައިލުން

ތައުޒިޔާގެ ދަފްތަރު ހުޅުވައިލުން

 

ދިވެހި ސަރުކާރަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މި މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ ގެ މަޤާމުގައި ހުންނެވި ޢާބިދާ އަޙްމަދު، 8 މެއި 2023 ގައި ވަނީ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައެވެ. މަރުޙޫމާ ޢާބިދާ އަޙްމަދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މި މެއި މަހުގެ 14 ވާ އާދީއްތަ ދުވަހުން ފެށިގެން މެއި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް މި މިނިސްޓްރީގެ އަލްއަމީރު ޙަސަން ފަރީދު މާލަމުގައި (ގްރައުންޑް ފްލޯ) ހުޅުވިފައި އޮންނާނެއެވެ.

 

10  މެއި  2023

10 މޭ 2023
ހޯދާ