އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބިއްލޫރިޖެހިގޭގެ 1 ވަނަ ފަންގިފިލާގެ ސީލިންގ، ފާޚާނާ އަދި ބައެއް ކޮޓަރި މާރާމާތުކުރުން

               ބިއްލޫރިޖެހިގޭގެ 1 ވަނަ ފަންގިފިލާގެ ސީލިންގ، 2 ފާޚާނާ އަދި ބައެއް ކޮޓަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ސައިޓް ވިޒިޓިންގ އޮންނާނީ 15މެއި 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި، ގ. ބިއްލޫރިޖެހިގޭގައެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް، މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 22 މެއި 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި ގ. ބިއްލޫރިޖެހިގޭގެ ގްރައުންޑް ފްލޯގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

10 މޭ 2023
ހޯދާ