ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ނޫސްތަކެއް ބައިންޑްކޮށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކުތުބުޚާނާގައި ހުރި ނޫސްތަކެއް ބައިންޑްކޮށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)56-CAS/1/2015/1)ފ(05.01.2015) އިޢުލާނާށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޤައުމީކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަންޕާކުގެ އިރުއުތުރު ކަންމަތި )    

29 ރަބީޢުލްއައްވަލް 1436     

20 ޖަނަވަރީ 2015
ހޯދާ