މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގައި ކުރަންޖެހޭ މަރާމާތުތަކުގެ ޕްރޮޕޯސަލްއެއް އިނގިރޭސި ބަހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އިސްލާމީ މަރުކަޒުގައި ކުރަންޖެހޭ މުހިއްމު މަސައްކަތްތަކާއި، މަރާމާތުތަކެއް ކުރުމަށް އިނގިރޭސިބަހުން ޕްރޮޕޯސަލްތަކެއް ތައްޔާރުކޮށް ބީ.އޯ.ކިޔު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)142-E1/1/2015/4  އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ ދެފަރާތަކުން ކަމަށްވާތީ، އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ޢިމާރާތްކުރުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަންނީ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 26 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 28 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

28 ރަބީޢުލްއައްވަލް 1436

 

19 ޖަނަވަރީ 2015
ހޯދާ