މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ ކަލަންޑަރާބެހޭ

އިޢުލާން

މީލާދީ ތާރީޚާއި، ހިޖްރީ ތާރީޚާއި، ނަކަތްތަކާއި ބަންދު ދުވަސްތައް އެނގޭގޮތަށް ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރު  ނެރުމަށް ބޭނުންވާ މަޢުލޫމާތު ކޮންމެ އަހަރަކު، އާންމުކުރުމަކީ މި މިނިސްޓްރީގެ މަސްއޫލިއްޔަތަކަށްވުމާއެކު، ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރު ހެދުމަށް ބޭނުންވާ މަޢުލޫމާތު މިނިސްޓްރީގެ ވެބް ސައިޓުގައި ޝާއިޢުކުރެވިފައިވެއެވެ. އަދި މި މިނިސްޓްރީން މިހާރު ވަނީ ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރު ޗާޕުކޮށް ނެރެފައެވެ. ނަމަވެސް ރާއްޖޭގައި އާންމުކޮށް ބޭނުންކުރަމުންދާ ބައެއް ކަލަންޑަރުތަކުގައި އޮޅުން އަރާފަދަ ގޮތަކަށް މީލާދީ ތާރީޚާ ގުޅޭ ހިޖްރީ ތާރީޚު ހިމަނާފައި ވުމާއި، ރަސްމީ ބަންދުނޫން ދުވަސްތައް ރަސްމީ ބަންދުކަމަށް އެފަދަ ކަލަންޑަރުތަކުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ނެރެފައިވާ ބައެއް ކަލަންޑަރުތަކުގައި 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހަކީ 2 ރަބީޢުލްއާޚިރް 1436 ކަމަށް ފާހަގަކޮށް އެދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ  22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ނޫނެވެ. އަދި 23 ޖަނަވަރީ 2015 ވާ ހުކުރުދުވަހަކީ 2 ރާބީޢުލްއާޚިރު 1436 އެވެ. މިދުވަހަކީ ރާއްޖެ އިސްލާމިވި ދުވަހެވެ.

ވީމާ، ޞައްޙަނޫން މިފަދަ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށް އާންމުކޮށްފައިވާ 2015 ވަނައަހަރުގެ ކަލަންޑަރުތަކަށް ޢަމަލު ނުކުރުމަށް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ރަބީޢުލްއައްވަލް 1436

 

18 ޖަނަވަރީ 2015
ހޯދާ