ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގެ ބަނދަރުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ބޯޑުތަކާއި އެބޯޑުތައް ހަރުކުރުމުގެ މަސައްކަތް އަދި މަގު ބަންދުކުރުމުގެ ބޯޑުތަކުގެ މަސައްކަތް

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

              ހޯރަފުށީގެ ބަނދަރުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ބޯޑުތަކާއި އެބޯޑުތައް ހަރުކުރުމުގެ މަސައްކަތް އަދި މަގު ބަންދުކުރުމުގެ ބޯޑުތަކުގެ މަސައްކަތް ބީލަން ފޮތުގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

              މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅު ވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

             މި ބީލަމުގައި ރަޖިސްޓްރީވުމަށް 2023 މެއި 09 ވަނަ ދުވަހުން ފެށިގެން 2023 މެއި 14 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލްގައި ހިމަނަންވާނެ މަޢުލޫމާތު:-

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

ރަޖިސްޓްރީ ނަންބަރު / އައި.ޑީ ކާރޑް ނަންބަރު:

އީމެއިލް އެޑްރެސް:

ގުޅޭނެ މޮބައިލް ނަންބަރު:

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

ބީލަން ހުށަހެޅުއްވުމަށް 2023 މެއި 18 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ (އޯކިޑްވިލާ) ގެ ކޮންފަރެންސް ހޯލަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅައިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަންތައް ހުޅުވާނީ ބީލަންތައް ބަލައިގަތުމަށްފަހު ބީލަންތައް ހުށަހަޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 45 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ހާޒިރުވާނަމަ އެކަން ބަޔާންކޮށް އެ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރެއްވުމަށް ފަހުއެވެ.

ކޯޕަރޭޓް އެފެއާރޒް ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ހއ.ހޯރަފުށި، ދިވެހިރާއްޖެ

ބީލަމުގެ ނަން:  ހޯރަފުށީގެ ބަނދަރުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ބޯޑުތައް ހެދުމާއި އެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް އަދި މަގު ބަންދުކުރާ ބޯޑުތައް ހެދުމުގެ މަސައްކަތް.

(IUL)247-CA/247/2023/70 :އިޢުލާނު ނަންބަރު

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.

19 ޝައްވާލު 2023

09 މޭ 2023
ހޯދާ