އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނީލަން: މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

            މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަންކިޔުން 18 މޭ 2023 ބުރާސްފަތި ދުވަހު ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާ ގައި އޮންނާނެއެވެ.

 

       މިތަކެތި ބައްލަވަން ބޭނުންވާ ފަރާތްތަކުން 17 މޭ 2023 ބުދަ ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން، ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާ އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭއަގު، މި އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.

 

              ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން  18 މޭ 2023 ބުރާސްފަތި ދުވަހު ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

 

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.

09 މޭ 2023
ހޯދާ