ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުރުނީ މަސްޖިދުލް ފަލާޙު (ބުރުނީ ހުކުރު މިސްކިތް) އިމާރާތުގެ އިތުރަށް ހަދާފައިވާ ބައި ނީލަން ކިޔުން

ބުރުނީ މަސްޖިދުލް ފަލާޙު (ބުރުނީ ހުކުރު މިސްކިތް) އިމާރާތުގެ އިތުރަށް ހަދާފައިވާ ބައި ނީލަން ކިޔުން 

މިއިދާރާގެ ނަންބަރު: IUL)382/382/2014/107)ފ(17 ޑިސެންބަރު 2014) އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ސުނާމީ ކާރިޘާގައި ވިލުފުށީ މީހުން ވަގުތީގޮތުން ބުރުންޏަށް ބަދަލުވި ވަގުތުގައި ބުރުނީ މަސްޖިދުލް ފަލާޙު ( ބުރުނީ ހުކުރު މިސްކިތު ) ގައި ނަމާދު ކުރާނެ ޖާގަ އިތުރުކުރުމުގެ ގޮތުން މިސްކިތުގެ އުތުރުފަޅީގައި ދަގަނޑު ހޮޅިން ގިއުގަނޑު ހަދައި ޓިނުން ހިޔާކޮށްފައިވާ 40ފޫޓު 23x ފޫޓުގެ އިމާރާތް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިއިމާރާތާއި ތަކެތީގެ ނީލަމުގައި ބައްލަވައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ދުވަހުން ފެށިގެން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ހުށަހެޅިފައިވާ އެންމެމަތީ އަގު މިއިދާރާގެ ނޯޓިސްބޯޑުގައި ފެންނަން ހުންނާނެއެވެ. އަދި މިއަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތްތަކުގެ ނޯޓިސްބޯޑުގައި ބެހެއްޓުމަށް އެކައުސިލްތަކަށް ފޮނުވޭނެއެވެ. ޖެހިޖެހިގެން ބަންދުނޫން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާލެވެނޭއެވެ. ނީލަން ފެށޭ އަގަކީ -/15000ރ (ފަނަރަ ހާސް ރުފިޔާ) އެވެ. ފަހަރަކު އިތުރުކުރެވޭނީ -/500ރ (ފަސްސަތޭކަ ރުފިޔާ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780038، 9749955 މިނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.               

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ރަބީޢުލްއައްވަލް 1436

14 ޖަނަވަރީ 2015
ހޯދާ