މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯފެން ރައްކާކުރާ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

 

ބޯފެން ރައްކާކުރާ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުން

 

ރަށުގެ ދެކޮނުކޮޅުގައި އާބާދުވެފައިވާ ސަރަހައްދުން ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިކައުންސިލްގެ ގުދަން ހުރި ބިމުގައި ބޯފެން ރައްކާ ކުރާނެ ނިޒާމެއް ޤާއިމު ކުރުމަށް މީގެ ކުރިން މިއިދާރާއިން ކުރެވުނު ނަންބަރު (IUL)299/299/2022/32 އިޢުލާނާއި، (IUL)299/299/2023/3 އިއުލާން ވަނީ މައުލޫމާތު ކަރުދާހަށް ބަދަލު އައުމާއި ގުޅިގެން ކެންސަލް ކުރެވިފައެވެ. އަލި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2023 މޭ 09 ވާ އަންގާރަ ދުވަހުން ފެށިގެން 2023 މޭ 17 ވާ ބުދަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު  10:00 އިން 12:00 އަށް) ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2023 މޭ 17 ވާ ބުދަ ދުވަހުގެ މެންދުރު 12:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2023 މޭ 29 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2023 މޭ 29 ވާ ހޯމަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އެއީ ކޮން ކަމަކަށް ހުށަހަޅާ އަންދާސީ ހިސާބެއްކަން ލިޔެފައި އޮންނަން ވާނެއެވެ.

 

އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ.

 

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

08 މޭ 2023
ހޯދާ